ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ރައީސަށް ލަފާ އަރުވަނީ

about 14 hours 0

ހައި ކޯޓުގެ ފަނޑިޔާރު ޝަހީދު.


ސުޕްރީމް ކޯޓަށް ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ރައީސަށް ލަފާ އަރުވަނީ

about 14 hours 0

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ އިސް ގާޒީ ހުސައިން ޝަހީދު އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވައިލުމުން، ކުރިމަތިލެއްވީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، މަރިޔަމް ނިހާޔަތު އެކަންޏެވެ. ދެވަނަ ބުރަކަށް ހުޅުވައިލުމުން ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދު އާއި ގާނޫނީ ވަކީލު، ރުޝްދުﷲ އިބްރާހިމް އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ވެސް އިންޓަވިއުކޮށްފަ އެވެ. އޭގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރާނީ ޝަހީދެވެ.

އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމުން މަޖިލީހުން ރުހުން ދޭން ޖެހެ އެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތުމާއެކު ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަނު ކުރުމުގެ ހުރިހާ މަރުހަލާއެއް މި ހަފްތާގެ ތެރޭގައި ނިންމާނެ ކަމަށް ބެލެވެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު، ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުން އެ ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތުކޮށް, އެކަމާ އިހުތިޖާޖުކުރެއްވުމުގެ ގޮތުންނެވެ. އޭނާގެ މި ތުހުމަތުތައް އަމާޒުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމުގެ އިތުރުން ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާއި އޭސީސީގެ ރައީސް އާދަމް ޝާމިލްއަށެވެ.

ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން އުޅުނީ ސިިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓުން ބަލަމުން ދަނިކޮށެވެ. ސުއޫދު ހިމެނޭހެން އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ފަހުންނެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރުމުގެ އިތުރުން, އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކުރަން މަޖިލީހުން ކޯޓުތަކުގެ ގާނޫނު ވެސް ބަދަލުކުރި އެވެ. ނަމަވެސް ރައީސް ވަނީ މި ބިލު ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލައްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލެއްވީ, އެ ބިިލު ގާނޫނު އަަސާސީ އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ގުޅޭ ގޮތުން ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ކަމަށް ބަންޑާރަ ނައިބު ލަފާދެއްވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.