އެއްބަސްވުން ބާތިލުކޮށް ޖާހު އިންވެސްޓްމެންޓުގެ "ދަ ގާޑަންސް" އެޗްޑީސީން އަތުލައިފި

17 މާރިޗު 2025 - 05:56 0

މުހައްމަދު ޝަހްޒާން

މ

ހުޅުމާލޭގައި ޖާހު އިންވެސްޓްމެންޓުން ތަރައްގީ ކުރާ "ދަ ގާޑެންސް" އިމާރާތްތައް -- ފޮޓޯ: އަދަދު


އެއްބަސްވުން ބާތިލުކޮށް ޖާހު އިންވެސްޓްމެންޓުގެ "ދަ ގާޑަންސް" އެޗްޑީސީން އަތުލައިފި

17 މާރިޗު 2025 - 05:56 0

ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" ގެ މަސައްކަތް ނިންމަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ފައިނަލް ނޯޓިސްއާ ހަމައަށް ތަން ނުނިންމުމުން، ޖާހު އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފި އެވެ.

ޖާހުއިން "ދަ ގާޑެންސް" ގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގަ އެވެ. އެ އިމާރާތުގެ މަސައްކަތް މިއަދާ ހަމައަށް ވެސް އެ ކުންފުނިން ނިންމާފައި ނުވާއިރު، އެތަނުގެ އެޕާޓުމެންޓުތައް ހުރީ ވިއްކައިފަ އެވެ.

އެޗްޑީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދަ ގާޑެންސް" ގެ އެއްބަސްވުން ބާތިލުކުރީ އެ އިމާރާތުގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން އެ ފަރާތަށް އިތުރު ކޮށްދިން މުއްދަތުގައި އެތަނުގެ މަސައްކަތްތައް ނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިދިޔަ ޖެނުއަރީ 27 ގައި އެ ކުންފުންޏަށް ދިނުމަށް ފަހު ކަމަށެވެ.

ޖާހުގެ ފްލެޓްތައް ނިންމަން އެޗްޑީސީން ފަހު ފުރުސަތު ދީފި

އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖާހުއާ ހަވާލުކުރި މަޝްރޫއު ނިންމަން އެކި ފަހަރު މަތިން ދިން މުއްދަތު ވެސް ހަމަވެފައިވާތީ، އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިއަދު ދީފައިވާ ކަމަށް.

ޖާހުގެ ފްލެޓްތައް ނިންމަން އެޗްޑީސީން ފަހު ފުރުސަތު ދީފި

އެޗްޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖާހުއާ ހަވާލުކުރި މަޝްރޫއު ނިންމަން އެކި ފަހަރު މަތިން ދިން މުއްދަތު ވެސް ހަމަވެފައިވާތީ، އެ ކުންފުންޏާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިއަދު ދީފައިވާ ކަމަށް.

އެޗްޑީސީން ބުނީ އެ ނޯޓިސް ދޭތާ 45 ދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތްތައް ނިންމަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވާއިރު، ތަނުގެ މަސައްކަތް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް އެތަން އެޗްޑީސީއަށް ނަގާނެކަން ނޯޓިހުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އެ މުއްދަތު ހަމަވިއިރު، ވެސް އެ ތަނުގެ މަސައްކަތްތައް ނިންމާފައި ނުވާތީ ތަން ހަވާލު ކުރަން އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ ތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ތަނުން އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.