16 މާރިޗު 2025 - 11:47 0
16 މާރިޗު 2025 - 11:47 0
މެޑްރިޑް (މާޗް 16) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި، އަންޓުއާން ގްރީޒްމަން، އެމެރިކާ ލީގު (އެމްއެލްއެސް) އަށް ބަދަލުވުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މީގެ ކުރިން ވެސް ގްރީޒްމަން ވަނީ އެއް ފަހަރު އެތުލެޓިކޯ ދޫކޮށްލައިފަ އެވެ. އެ ގޮތުން، 2019 ވަނަ އަހަރު ގްރީޒްމަން ވަނީ އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އެކަމަކު، ބާސެލޯނާގައި ދެ އަހަރު ހޭދަކުރުމަށްފަހު ގްރީޒްމަން އެނބުރި އެތުލެޓިކޯ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ.
ގްރީޒްމަން އެތުލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން އޮތީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ގްރީޒްމަން 33، އެތުލެޓިކޯގައި މަޑުކުރަން ބޭނުންވާނަމަ އެ ފުރުސަތު އޭނާ އަށް ދިނުމަށް ކްލަބްގެ މެނޭޖުމަންޓުން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ވަގުތު އެތުލެޓިކޯ އިން ވަނީ ގްރީޒްމަންއާ އެކު މަޝްވަރާ ކުރަމުން އަންނަނީ އޭނާ ބޭނުންވާ ގޮތަކަށް އެކަންތައް ކުރިއަށް ގެންދިޔުމަށެވެ. ގްރީޒްމަން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ އެލްއޭ އެފްސީންނެވެ.
ކުރިން ރެއާލް ސޮސިއެޑާޑަށް ކުޅުނު ގްރީޒްމަން އެންމެ ބޮޑަށް ވިދާލީ، އެތުލެޓިކޯ އަށް 2014 އިން 2019 ވަނަ އަހަރާ ހަމަ އަށް ކުޅުނުއިރުގަ އެވެ. އެތުލެޓިކޯއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ގްރީޒްމަން ވަނީ ފްރާންސްއާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ގްރީޒްމަން ވަނީ މިދިޔަ އޮކްޓޫބަރު މަހު ފްރާންސް ގައުމީ ޓީމުން ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment