about 20 hours 0
about 20 hours 0
މެޑްރިޑް (މާޗް 16) - ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭގެ ގޯލުތަކުން 2-1 އިން ވިޔަރެއާލް ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެ ރެއާލުން ވަނީ ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރެއާލަށް ވަނީ 28 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 26 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 27 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި މިރޭ އެތުލެޓިކޯ އިން ބާސެލޯނާއާ ކުޅޭނެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުުނި ވިޔަރެއާލުން މެޗު ފެށީ ވަރަށް ރަނގަޅަށެވެ. އެ ގޮތުން، މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. ރެއާލްގެ އޭރިއާތެރެއިން، ކޯނަރެއްގައި އެ ޓީމަށް ސަލާމަތްނުކުރެވި ދިޔަ ބޯޅައެއް ހޯދައި، ހުއާން ފޮއިތު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މާގިނައިރުތަކެއް ވަންދެން ވިޔަރެއާލަށް ލީޑުގައި އޮވެވޭ ގޮތެއްނުވި އެވެ، މެޗުގެ 17 ވަނަ މިނިޓްގައި، ވިޔަރެއާލް އޭރިއާތެރެއިން، އެމްބާޕޭ އަށް ލިބުނު ބޯޅަ ވަނީ ހަމަޖެހިލައިފައި ގޯލަށް ވައްދާލައިފަ އެވެ. އަދި، އޭގެ ހަ މިނިޓް ފަހުން، ލޫކަސް ވަޒްކޭޒް ދިން ބޯޅައަކުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައި، އެމްބާޕޭ ވަނީ ރެއާލަށް ލީޑުނަގައިދީފަ އެވެ.
މި މެޗުގައި، ވިޔަރެއާލުން އެއްވަރުކުރަން ފޮނުވާލި ހަމަލާތައް ރެއާލްގެ ކީޕަރު، ތިބޯ ކޯޓުއާ މަަތަކުރި އެވެ.
މި ދެ ގޯލާ އެކު، އެމްބާޕޭ ވަނީ މި ފަހަރު ލީގުގައި 20 ގޯލު ޖަހައިފަ އެވެ. އޭނާ އަށް ވުރެ ގިނަ ގޯލު ލީގުގައި ޖެހީ ބާސެލޯނާ އަށް 21 ގޯލު ޖަހައިދީފައިވާ، ރޮބަޓް ލެވަންޑޯސްކީ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment