ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ބޮޑުކުރަނީ

ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.---- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ ބޮޑުކުރަނީ

ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ މުސާރަ މި އަހަރު ތެރޭގައި ބޮޑު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީިމުގެ ކުޅުންތެރިންނަށް މުސާރަ ނޫނީ އެލަވަންސެއްގެ ގޮތުގައި މިހާރު ދެމުން އަންނަނީ 5000 ރުފިޔާ އެވެ. އެ އަދަދު ބޮޑު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރާފިއު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ.

ރޭ "އަދަދު ސްޕޯޓްސް" އަށް ދިން ހާއްސަ އިންޓަވިއުގައި ރާފިއު ވަނީ މިހާރު ދެމުން އަންނަ މުސާރަ ކައިރި މުސްތަގުބަލެއްގައި ބޮޑު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މިކަން އިއުލާން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސެއިން ވަހީދު / އަދަދު ސްޕޯޓްސް


މިނިސްޓަރު ވިދާޅުވީ ކުޅުންތެރިންގެ އިތުރުން އޮފިޝަލުންގެ މުސާރަ ވެސް ބޮޑު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކުޅުންތެރިންނާ އޮފިޝަލުންގެ މުސާރަ ހަމަހަމަ ވެގެންދާނެ ކަމަށެވެ.

ކުޅިވަރުގެ ދުރު ރާސްތާ ޕްލޭންގެ ދަށުން ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓެލެންޓް ހުރި ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެވިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ވަރަށް އަވަހަށް އިއުލާން ކުރާނަން. ދެތިން މަހެއްގެ ތެރޭގައި އެކަން ހާސިލްވެގެންދާނެ. ކުޅުންތެރިންގެ މުސާރަ ބޮޑުވުމާއި އޮފިޝަލުންގެ މުސާރަ ބޮޑުވުމާއި، ދެބައިގެ ވެސް މުސާރައިގެ ހަމަހަމަކަން ލިބިގެންދާނެ ކަން ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެއޭ، އަޅުގަނޑު ދަންނަވާނީ." މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން އިސްވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނަށް ގެންނަ އިސްލާހުގެ ކަަންކަން ފުރިހަމަ ވެގެން އަންނަ ބަދަލުތަކާއެކު ދިވެހި ކުޅިވަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

އެ ގޮތުން އެސޯސިއޭޝަންތަކާ ގުޅިގެން އަތޮޅުތެރޭގައި ކުޅިވަރު ތަރައްގީ އަށް ގިނަ މުބާރާތްތަކެއް ބޭއްވިގެންދާނެ ކަމަށާއި މުޅި ރާއްޖެ ޝާމިލުވާ ގޮތަށް މިހާރަށް ވުރެ ބޮޑަށް ކުޅިވަރުގެ ކަންކަން ފުޅާކުރެވިގެންދާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.

0.00%

100.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ކައްޕި

about 20 hours ago

ކުޅުންތެރިންގެ މުސާރަ ބައެއް އެސޯސިއޭސަން ދެނީ އެކްކޯ ފެންނަަ ކުޅުންތެރިން ވަރިހަމަ ފަރިތަ ނުކުރިއަސް ކުޅެން ނަޔަސް މިކަމަށް ހަލެއް ބޭނުންވޭ!