15 މާރިޗު 2025 - 14:08 1
އަމަން ހަލީމް
އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި އައިޝަތު ފިފްޝީން: ފިފްޝީންއަކީ ބޭންކިން ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް -- ފޮޓޯ: އެސްޑީއެފްސީ
15 މާރިޗު 2025 - 14:08 1
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރަން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އޭނާ މަގާމުން ވަކިކުރީ, އޭނާ އެ މަގާމަށް ހަަމަޖެއްސިތާ އަހަރަކާ ދެ މަސް ދުވަސް ފަހުންނެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް އަދި ނޭނގެ އެވެ.
ފިފްޝީން ބޭންކިން ދާއިރާ އަދި ފިނޭންސް ދާއިރާގެ ކެރިއަރު ފެއްޓެވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި 2003 ވަނަ އަހަރުގަ އެވެ. ގައުމީ ބޭންކުގައި އޭނާ ވަނީ ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ އިސް މަގާމުތައް ފުރުއްވައިފަ އެވެ.
ފިފްޝީން ވަނީ އޮސްޓްރޭލިއާގެ ކާޓީން ޔުނިވާސިޓީން ބަޗެލާސް އޮފް ކޮމާސް ހާސިލްކުރައްވައިފަ އެވެ. އަދި އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސް ހާސިލްކުރައްވައިފަ އެވެ.
އޭނާ ވަނީ އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސްއިން ޕްރޮފެޝަނަލް ބޭންކަރެއްގެ ގޮތުގައި ތަމްރީން ހޯއްދަވައިފަ އެވެ. އަދި މެލޭޝިޔާއިން ވެސް ޗާޓާޑް ބޭންކާއެއްގެ ކޮލިފިކޭޝަން ހޯއްދަވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment