about 17 hours 0
އަހުމަދު ދާއޫދު
ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެ ބައެއް ގައުމުތަކުން ޓިކްޓޮކް ދަނީ މަނާކުރަމުން --
about 17 hours 0
ޒުވާނުންގެ މެދުގައި މާރާމާރީތައް އިތުރުވާތީ އަލްބޭނިއާގައި ޓިކްޓޮކް މަނާކޮށްފިއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އަލްބޭނިއާގައި ޓިކްޓޮކް މަނާކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، އެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުން ދާކަމަށް ވަނީ ބުނެފައެވެ.
އަލްބޭނިއާގެ މި ނިންމުމަކީ ސްކޫލްތަކުގެ ދަރިވަރުންނާއި، ޒުވާނުންގެ މެދުގައި މާރާމާރީތަކާއި، އަނިޔާވެރިކަން އިތުރުވަމުންދާތީ، އެކަމަށް ސޯޝަލް މީޑިއާގެ ސަބަބުން އަސަރުކުރާކަމަށް ބެލެވޭތީ އެޅި ފިޔަވަޅެއް ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާގޮތުގައި އަލްބޭނިއާގެ މި ނިންމުމަކީ މިހާތަނަށް މަދުވެގެން 20 ޤައުމެއްގައި ޓިކްޓޮކް މުޅިން ނުވަތަ ބައެއް ގޮތްގޮތުން މަނާކޮށްފައިވާ ނިންމުމާ އެއްގޮތް ނިންމުމެކެވެ. މިފަދަ ނިންމުންތައް ނިންމަނީ ޓިކްޓޮކްގައި ހުންނަ ނުރަނގަޅު ވީޑިއޯތަކާ ގުޅޭ ކަންބޮޑުވުންތަކާއި، ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއާއި ޗައިނާގެ ސަރުކާރާ ހުރި ގުޅުމާ ގުޅޭ ސަލާމަތީ ކަންބޮޑުވުންތަކާ ހުރެއެވެ.
އަލްބޭނިއާގެ ވެބް ބްރައުޒަރުތަކުން ބުރާސްފަތި ދުވަހުގެ މެންދުރު ފަހުން ފެށިގެން ޓިކްޓޮކަށް ނުވަދެވޭ ކަމަށް ބައެއް ޔޫޒަރުން ބުނެފައިވެއެވެ.
އަލްބޭނިއާ ސަރުކާރުގެ އިސް އޮފިޝަލެއް ރޮއިޓަރޒްއަށް ބުނެފައިވަނީ ވެބް ބްރައުޒަރުތަކުން ފެށިގެން އެޕްލިކޭޝަނަށްވެސް މި މަނާކުރުން ފުޅާކުރެވޭނެ ކަމަށެވެ.
އަލްބޭނިއާގެ ނެޝަނަލް އޮތޯރިޓީ ފޮރ ސައިބަރ ސެކިއުރިޓީ (އޭކޭއެސްކޭ) އިން ވަނީ އެ ޤައުމުގެ ހުރިހާ އިންޓަނެޓް ޕްރޮވައިޑަރުންނަށް ބުރާސްފަތި ދުވަހުގެ ނިޔަލަށް ޓިކްޓޮކް ބަންދުކުރާނެކަމުގެ ކަށަވަރުކުރުން ލިޔުމުން ހުށަހެޅުމަށް އަންގާފައެވެ.
ރޮއިޓާސްގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން އަލްބޭނިއާއިން ޓިކްޓޮކް މަނާކުރުމަށް ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެއީ 14 އަހަރުގެ ކުއްޖަކު ސޯޝަލް މީޑިއާގައި ހިނގި ޒުވާބަކާ ގުޅިގެން އެހެން ދަރިވަރަކު ވަޅިން ހަމަލާދީ މަރާލި ހާދިސާ ހިނގިތާ އެއް މަސް ފަހުންނެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment