އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ އިންޓަނޭޝަނަލް ފައިނޭންޝަލް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފި

13 މާރިޗު 2025 - 15:16 1

އަހުމަދު އާއިދު

އ

ރައީސް މުއިއްޒު، އިކޮނޮމިކް މިނިސްޓަރު ސައީދު އާ ސަލާމްކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް


އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ އިންޓަނޭޝަނަލް ފައިނޭންޝަލް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފި

13 މާރިޗު 2025 - 15:16 1

މިދިޔަ އަހަރު ޖެނުއަރީ މަހު އުފައްދައި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މިގޮތަށް ނިންމެވީ ކަމާބެހޭ ފަރާތަތްކުން ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުން ފިނޭންސްގެ ދަށުން ހިންގުމަށް ލަފާދީފައިވާތީ ކަމަށެވެ.

ޖެނުއަރީ 21، 2024، ގައި މި އިދާރާ އުފެއްދުމަށްފަހު ރައީސް އޮފީހުން އާންމުކުރި މައުލޫމާތުގައި، އެ މަސައްކަތްތައް ހިންގާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

އެ އިދާރާގެ ގަވަނިން ބޯޑަށް މެންބަރުން އައްޔަންކޮށް، އެ ބޯޑުގެ ޗެއާޕާސަނަކު އައްޔަންކުރުން ފިޔަވާ އިދާރާގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ފެނިފައެއް ނުވެ އެވެ. އެ އިދާރާގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު އެވެ.

މި އޮތޯރިޓީ ގާއިމުކުރީ ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރަން ފަހިކުރުމުގެ ބޭނުމުގަ އެވެ.

އެ ސެންޓަރުތައް ގާއިމްކުރުމާ ގުޅޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކައި އެކަމާ ގުޅޭ ބިލެއް ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް މިފަދަ ބިލެއް ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ާޗައްޕަޅު

about 1 month ago

މާގިނަ އެޑުވައިޒަރުންތަކެއް ބަލަބަލާފާ ލަފާދޭންޖެހޭ ޒާތުގެ ކަމެއްވެސް ނޫނެއްނު ތިޔައީކީ. ނަމުންވެސް އެނގެންވާނެއްނު އަމިއްޔަލަށް މެންޑޭޓު ދީފައިހުރި ކަމާބެހޭ މިނިސްޓްރީއަކީ ކޮބާކަން.