Advertisement

އިހުސާން އާއި މުއްތަލިބު މަޖިލީހަށް ހާޒިރުކުރުން ލަސްވާ ސަބަބު ސާފުކޮށްދޭން މީކާއިލް އެދިއްޖެ

13 މާރިޗު 2025 - 13:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: އިހުސާން އާއި މުއްތަލިބު މަޖިލީހަށް ހާޒިރުކުރުން ލަސްވާ ސަބަބު ސާފުކޮށްދޭން އޭނާ ވަނީ އެދިފައި -- ފޮޓޯ: އަދަދު


އިހުސާން އާއި މުއްތަލިބު މަޖިލީހަށް ހާޒިރުކުރުން ލަސްވާ ސަބަބު ސާފުކޮށްދޭން މީކާއިލް އެދިއްޖެ

13 މާރިޗު 2025 - 13:33 0

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އާއި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރަން އެދުމުން، އެކަން ނުވެ ދިގުލައިގެންދާ ސަބަބު ސާފުކޮށްދޭން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް އެދިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވީ މުއްތަލިބުއާ ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކޮށްދޭން ޖެނުއަރީ 6، ގައި އެދުނުއިރު، އިހުސާންއާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދޭން އެދުނީ ޖެނުއަރީ 14، ގައި ކަމަށެވެ.

ނަމަވެސް އެ ދެ މިނިސްޓަރުންނަށް ފޮނުވުނު ނޯޓިސް ކަމަށްވާ 35 ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް މަޖިލީހަށް ހާޒިރު ނުކުރެވި، އެ މައްސަލަ އެޖެންޑާ ކުރެވިފައި ނުވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ މާޗު 3، ގައި މަޖިލީހުން ބޭއްވި ޖަލްސާގައި ނިޒާމީ މައްސަލައެއް ނަގައި، ވަޒީރުންނާ ސުވާލު ކުރުމުގެ މައްސަލަތައް އެޖެންޑާ ނުކުރަނީ ކީއްވެގެންތޯ ސުވާލު ކުރުމުން، އެކަން ވެފައި އޮތް ގޮތް ބަލައި އަންގާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ކުރިން ބުނި ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މެންބަރަކަށް މިނިސްޓަރަކާ ސުވާލު ކުރެވޭނީ، އެ މިނިސްޓަރަކާ ކުރަން ބޭނުންވާ ސުވާލު ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ މިނިސްޓަރަކަށް ލިޔުން ފޮނުވައި، 14 ދުވަހުގެ މުއްދަތު ދިނުމަށް ފަހު މަޖިލީހުގެ ޖަލްސާއެއްގަ އެވެ.