12 މާރިޗު 2025 - 07:47 0
ލީވާން އަލީ ނާސިރު
12 މާރިޗު 2025 - 07:47 0
ފުލުހުން ހިންގި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވިލިމާލޭގައި މާޗު 9، ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ތ. ގާދިއްފުށި، ކެނެރީގެ، އިބްރާހިމް އިމާދު، 30 އާއި މއ. ވިންޑްސްޓާ 1، މުހައްމަދު ސިމްރާހް އަދި ގދ. ރަތަފަންދޫ، ޒަމާނީއާގެ، ސަލާހު ޝިހާބް، 45 އެވެ.
ފުލުހުން ބުނީ އެ ތިން މީހުން ބަލައި ފާސްކުރިއިރު 57.78 ގްރާމުގެ މަސްތުވާތަކެތީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މުހައްމަދު ސިމްރާހް އާއި ސަލާހު ޝިހާބްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
ނަމަވެސް އިބްރާހިމް އިމާދު ބަންދުން ދޫކޮށްލުމުން، އެ މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment