Advertisement

މި އަހަރުވެސް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެކަން އިއުލާނުކޮށްފި

11 މާރިޗު 2025 - 17:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މިދިޔަ އަހަރުގެ ރޯދަމަހު މިސްކިތެއްގައި ބަޔަކު ނަމާދު ކުރަނީ : ފަހު 10 ބަންދުކުރަނީ އަޅުކަން ކުރުމަށް ފުރުސަތު ދޭން ކަމަށް ސަރުކާރުން ބުނޭ --- ފޮޓޯ: އަދަދު


މި އަހަރުވެސް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރު ބަންދުވާނެކަން އިއުލާނުކޮށްފި

11 މާރިޗު 2025 - 17:08 0

ރައީސް ޑރ. މުަހައްމަދު މުއިއްޒު މިދިޔަ އަހަރު ނިންމެވި ގޮތަށް މި އަހަރުގެ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން އިއުލާނުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މި މަހުގެ 20 އިން ރޯދަ ނިމި ފިތުރު އީދުގެ ބަންދު ނިމެންދެން ރަސްމީކޮށް ސަރުކާރުން ބަންދުވާނެ ކަމަށެވެ.

ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް މުއިއްޒު މިކަން އިއުލާނުކޮށް ވެރިކަމުގައި މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ސަރުކާރުން ބުންޏެވެ.

މި ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަށް ބުރޫނާރެ ގޮތެއް އެ ތަންތަނުން ކަނޑައެޅުމަށްވެސް ރައީސް އޮފީހުން ވަނީ އަންގާފަ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހުގެ ފަހު 10 ބަންދުކުރުމަށްފަހު ސަރުކާރުން ނިންމީ އެ ދުވަސްތަކުގައި ވަޒީފާއަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށެވެ.

އިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ އިދާރާއިން މަސައްކަތަށް ނުކުންނަން ޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުން އެކަނި ކަމަށް މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މި އަހަރު އަމަލުކުރަނީ މިގޮތަށް ކަން މިހާތަނަށް އިއުލާނުކޮށްފައެއް ނުވެ އެވެ.