11 މާރިޗު 2025 - 15:16 0
މުހައްމަދު ޝަހްޒާން
ކުރީގެ މަޖިލިސް މެންބަރު, މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, މޫސާ އަލި މަނިކު -- އާޓްވޯކް: އިސްމާއިލް އިމްދާދު
11 މާރިޗު 2025 - 15:16 0
ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން މިހާރު ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު, މުހައްމަދު ރާއީ އާއި އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު, މޫސާ އަލި މަނިކު (މޫކޭ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އެ ދެ މީހުން ފުލުހަށް ހާޒިރު ކުރަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި އާންމުންނަށް ދަތިވާ ގޮތަށް އަމަލު ކުރުމާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށް ތުހުމަތު ކޮށެވެ.
"2025 މާޗު 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް މާލޭގެ އެކި ސަރަހައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް އާންމު ދަތުރުފަތުރު ކުރުމަށާއި އާންމު ވިޔަފާރިތަކަށް ދަތިވާނެހެން ހަރަކަތްތެރިވެ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތުހުމަތު ކުރެވޭތީ ސުވާލުކޮށް ބަޔާން ނެގުމަށް," ރާއީ އަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވެ އެވެ.
ރާއީ އާއި މޫކޭ އަށް އަންގާފައި ވަނީ މާދަމާ ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ.
ފުލުހަށް ހާޒިރުވާން މޫކޭ އާއި ރާއީއަށް އަންގާފައިވާއިރު އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މީގެ ކުރިން ވަނީ ދެ މީހަކު ހައްޔަރު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ދެމީހުން ވެސް މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment