11 މާރިޗު 2025 - 13:53 0
ލީވާން އަލީ ނާސިރު
ވީބީ މާޓްގެ ފިހާރައެއް: އެ ފިހާރައިން ވިޔަފާރިކުރާ 200 ވަނަ ކަސްޓަމަރުގެ ބިލު ހިލޭވާ ޕްރޮމޯޝަނެއް ވަނީ ފަށާފައި
11 މާރިޗު 2025 - 13:53 0
ރޯދަ މަހަށް ހާއްސަކޮށް ވީބީ މާޓުގެ ފިހާރަތަކުން ކޮންމެ ދުވަހަކު ވެސް ވިޔަފާރި ކުރާ 200 ވަނަ ކަސްޓަމަރަށް ބިލު ހިލޭވާ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ވީބީ ބްރަދާސް އިން ބުނީ އެ ޕްރޮމޯޝަންގެ ދަށުން މާފަންނު ވީބީ މާޓާއި ގަލޮޅު ވީބީ މާޓޫ އަދި ހުޅުމާލޭގައި ހުންނަ ވީބީ މާޓުން ވިޔަފާރިކުރާ 200 ވަނަ ކަސްޓަމަރު ގަންނަ އެއްވެސް އެއްޗަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށެވެ.
ވީބީ މާޓުން ރޯދަ މަހަށް ހާއްސަކޮށް ކާބޯތަކެތި ތައްޔާރު ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެ ކަމަށް ވީބީ ބްރަދާސް އިން ބުންޏެވެ.
ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ކުރަމުންދާ ވީބީ އިން އަލްމުދިޝް ބްރޭންޑުގެ ކިރު، ޓޮމާޓޯ ޕޭސްޓު އަދި ބެޓީ ކްރޫކާ ކޭކް މިކްސް، ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތައް ލިބެން ހުރެ އެވެ.
މީގެއިތުރުން ވީބީ އިން މާސް ޗޮކްލެޓް، ކެލޮގްސް ސީރިއަލް، ފަލަކް ބާސްމަތީ ހަނޑޫ، ސެލްޕަކް ޓިޝޫ އަދި ކިޗަން ރޯލްފަދަ ތަކެތި ހޯލްސޭލްކޮށް ލިބެން ހުރެ އެވެ.
ވީބީން އަންނަނީ ކަސްޓަމަރުން ޝައުގުވެރިވާ އަދި ކަސްޓަމަރުންނަށް ގިނަ އިނާމުތައް ލިބޭ ޕްރޮމޯޝަންތައް މީގެ ކުރިން ވެސް ކުރިއަށް ގެންގޮސްފަ އެވެ.
Comment