10 މާރިޗު 2025 - 12:23 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 މާރިޗު 2025 - 12:23 0
ސްޕެއިން އާއި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުންގެ މަގާމަށް އައްޔަނު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންގެ ނަން އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ސްޕެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް ގެ ނަމެވެ.
ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒް، މއ. ދިލާސާގެ ނަމެވެ.
އެ މަގާމުތަކަށް އެ ދެ ބޭފުޅުން އައްޔަނު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ މަޖިލީހުގެ ތަޅުމުން ކަނޑައަޅާނީ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment