Advertisement

ހޯލްސޭލް ކުރާ ފަރާތްތަކަށް އެސްޓީއޯން ކާށީ ގެނެސްދެނީ

10 މާރިޗު 2025 - 04:53 0

ލީވާން އަލީ ނާސިރު

ލ

Advertisement

ބާޒާރުގައި ކާށި ވިއްކަން ބަހައްޓާފައި: ބޮޑު ކާއްޓެއްގެ އަގު ބާޒާރުގައި ހުރީ 50ރ. އަށް -- ފޮޓޯ: އަދަދު


ހޯލްސޭލް ކުރާ ފަރާތްތަކަށް އެސްޓީއޯން ކާށީ ގެނެސްދެނީ

10 މާރިޗު 2025 - 04:53 0

Advertisement

ބާޒާރުގައި ކާށީގެ އަގު 60ރ. އަށް އަރައިގެން ދިއުމުން އެ އަގު ތިރިކުރުމަށްޓަކައި ވިިޔަފާރިވެރިން ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓުކޮށް، ކާށީގެ ސްޓޮކް ބުކް ކުރުމުގެ ފުރުސަތު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލަރުންނަށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކާށީގެ ސްޓޮކް ހޯދުމަށް ޝައުގުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅައިގެން ނުވަތަ 7291124 އަށް ވައިބާ މެސެޖް ކޮށްގެން ވެސް ބުކްކުރެވިދާނެ ކަމަށެވެ.

Advertisement

"ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެ. އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުން،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯއިން ބުނީ ކާށި އިމްޕޯޓްކުރުމުގެ މައިގަނޑު ބޭނުމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ހައްލު ހޯދައި، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުން ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

Advertisement

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20ރ. ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފަ އެވެ.

އެސްޓީއޯއިން އަބަދުވެސް ރާއްޖޭގެ މާކެޓުގައި އަގު އުފުލިގެންދާ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކޮށް، ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން ނުދާހެން މަސައްކަތްކުރެ އެވެ. އެގޮތުން ކޮންމެ ރޯދަ މަހެއްގައި ބާޒާރުގައި އަގު އުފުލިގެން ނުދާހެން މާކެޓަށް އަންނަ ބަދަލަށް ބަލައި ތަކެތި އިމްޕޯޓްކޮށް އެ ކުންފުނިން ވިއްކަ އެވެ.