އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ ކުއްޖެއްގެ ރޯދަ މަހުގެ ތަޖުރިބާ

10 މާރިޗު 2025 - 04:56 0


އުރީދޫގެ ރޯދައިގެ ނޫރު: ކުޑަ ކުއްޖެއްގެ ރޯދަ މަހުގެ ތަޖުރިބާ

10 މާރިޗު 2025 - 04:56 0

އުރީދޫ މޯލްޑިވްސް އިން މިފަހަރުގެ ރޯދަ މަހު ގެނެސްދޭ "ރޯދައިގެ ނޫރު" ކެމްޕެއިނުން ދައްކުވައިދެނީ "ނޫރު" ނަމަކަށް ކިޔާ ކުޑަ އަންހެން ކުއްޖަކު އަލަށް ރޯދަ މަސް ތަޖުރިބާކުރާ ގޮތުގެ ދަތުރެވެ.

ރޯދަމަހު ނޫރުގެ ބައްޕަ ހަދިޔާކުރާ "ރޯދައިގެ ނޫރު" ފޮތުގެ ޒަރީއާއިން، އިސްލާމީ އިބުރަތްތެރި ފިލާވަޅުތަކާއި، ރޯދަ މަހުގެ ރިވެތި އަހުލާގުތަކުން ފުރިގެންވާ ކަންކަން ނޫރަށް ދަސްވެ އެވެ. އެ ފޮތުގެ ސަފްހާތަކުން ކެތްތެރިކަމާއި އޯގާތެރިކަމާއި ޝުކުރުވެރިކަމާއި ރޯދަމަހުގެ މާތްކަން ނޫރު ދަސްކުރަމުންދާތަން ފެނެ އެވެ.

އުރީދޫ އިން ބުނީ އެ ކެމްޕެއިން މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަނީ ރޯދަ މަހު ޖީލުތަކުގެ މެދުގައި ޙިއްސާކުރެވިފައިވާ އާދަކާދަތަކަށް އަލިއަޅުވާލުމަށް ކަމަށެވެ.

"ރޯދައިގޭ ނޫރު" އާއާ އެކު އޭގެ އަސާސްތައް އަންނަން އޮތް ޖީލުތަކަށް ފޯރައި، ލޯބިވާ މީހުންނާއެކު މާނަހުރި ވަގުތުތަކެއް އުފެއްދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައުތައް ގުޅާލައި، އެކި ކަހަލަ ކެމްޕެއިންތައް ކުރިއަށް ގެންދަމުންނެވެ.