7 މާރިޗު 2025 - 09:41 1
ލީވާން އަލީ ނާސިރު
7 މާރިޗު 2025 - 09:41 1
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގެ ގިނަ ބޮކިތަކެއް އަނދާފައި ހުރުމުގެ ސަބަބުން އެތަނުގައި ކުޅެން އުނދަގޫވެފައިވާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
އެކުވެނި ކޯޓަށް ކުޅެންދާ ބައެއް މީހުން ބުނީ ބެޑްމިންޓަން ކޯޓުގެ ގިނަ އަދަދެއްގެ ބޮކި މިހާރު އަނދާފައި ހުންނަތާ ހައެއްކަ މަސް ދުވަސްވާން ކައިރިވެފައިވާ ކަމަށެވެ. އަދި، އެކަމުގެ ޝަކުވާ ބެޑްމިންޓަން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ އަށް ހުށަހަޅައިގެން އެއްވެސް ހައްލެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެކުވެނި ބެޑްމިންޓަން ކޯޓަށް ގަވާއިދުން ބެޑްމިންޓަން ކުޅެން ދާ މީހަކު އަދަދު ނޫހަށް ބުނީ ކޯޓުގެ ބޮކިތަކުގެ މައްސަލަ ހައްލު ކުރަން އެދުމުން އެސޯސިއޭޝަނުން ބުނަނީ ބަޖެޓް ނެތް ކަމަށް ކަމަށެވެ.
"އަހަރެމެން އެތަނަށް ކުޅެން ދަނީ ވެސް ފައިސާ ދައްކައިގެން. އެހެންވިއްޔާ ބޮކިތައް އަނދައިގެން ކުޅެން ދަތިވާވަރުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. މި ޝަކުވާ އަހަރެމެން، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކަށް ކޮށްފިން. ނަމަވެސް ހައެއްކަ މަސް މި ވަނީ އެއްވެސް ހައްލެއް ނުލިބޭ،" އަމިއްލަ ގޮތުން ކުޅެންދާ ބެޑްމިންޓަނަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ފަރާތަކުން، ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
ބެޑްމިންޓަން ކޯޓުތަކުގެ ބޮކިތައް ހަރު ނުކުރެވި ގިނަ ދުވަސްތަކެއް ވުމަކީ ގަބޫލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް، ބެޑްމިންޓަން ކުޅެންދާ އެހެން މީހަކު ބުންޏެވެ.
"މިއީ ވަރަށް ޒިންމާދާރުކަމެއް ނެތިގެން ވާ ކަންކަން. އަހަރެމެން ފައިސާ ދޭއިރު، އެ ފައިސާ ބޭނުން ކުރަން ވާނީ ކޯޓުތައް ރަނގަޅަށް ބަލަހައްޓަން،" އޭނާ ބުންޏެވެ.
އެކުވެނި ބެޑްމިންޓަން ކޯޓަކީ ގިނަ އަދަދެއްގެ އާންމުން ބޭނުންކުރަމުންދާ ތަނެކެވެ. އަދި އެތަން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ކުންފުނިތަކުން ވެސް ބޭނުންކުރެ އެވެ.
އެކުވެނި ބެޑްމިންޓަށް ކޯޓު ކްލަބަކުން ކުޅެން ދާން ބޭނުންވާނަމަ އަހަރަކު ތިން ކުއާޓަރަށް ބަހާލައިގެން 18000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އާންމު މެމްބަރުން އަހަރަކަށް ބަލާއިރު، ކުއާޓަރަކު 450-600 ރުފިޔާ ދައްކަ އެވެ.
އެކުވެނި ބެޑްމިންޓަން ކޯޓަކީ، ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިންނާއި އެކަޑަމީތަކުން ވެސް ޓްރެއިނިން އަށް ބޭނުންކުރާ ކޯޓުތަކެކެވެ. އަދި، މި ތަނުގެ ލައިޓިން މައްސަލައާ ހުރެ، ޕްރެކްޓިސްތައް އެންމެ އެކަށޭނެ ގޮތަށް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިކަން، ކްލަބްތަކުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. ކުޅި
0.00%
50.00%
50.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސާކިރުބެ
about 1 month ago
މޫސަ ބުނެގެން މަގާމުން އިސްތިއުފާ ނުދީ މުސްކުޅިވި ދުވަހު ސާކިރު ތި ހިންނަނީ ހަމަ ތި މަގާމުގެ ދަހޮވެތި ކަމުގަ. މޫސަ ނިކުތީ ތަން ދޮވެލާފަ
Comment