6 މާރިޗު 2025 - 15:47 0
އަހުމަދު އާއިދު
ކޮލިޓީ މައްސަލައެއް ދިމާވެގެން މަނާކުރި އިންޖެކްޝަން ---
6 މާރިޗު 2025 - 15:47 0
ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ގޭސްޓްރިކް ބަލިތަކަށް ހާއްސަ އިންޖެކްޝަނެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މަނާކުރީ "Pantop 40 Injection" ގެ ބެޗު ނަމްބަރު EMPH243030 ކަމަށެވެ.
އެ ބެޗު ވިއްކުން މަނާކުރީ ކޮލިޓީ މައްސަލައެއް ފެންމަތިވެގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
އިންޑިއާގައި އުފައްދާ މި އިންޖެކްޝަން ބޭސްފިހާރަތަކުގައި އަދި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭ އަށް އަންގާ އުސޫލުގެ ތެރެއިން އެ ތަކެތި ނައްތާލުމަށް އިދާރާއިން ވަނީ އަންގާފަ އެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ތަކެތި އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އިދާރާއިން އެ ހިދުމަތް ދޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެކަން އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
Comment