6 މާރިޗު 2025 - 09:24 0
ލީވާން އަލީ ނާސިރު
ވިލާ ކޮލެޖު: މެއި އިންޓޭކުގައި ފަށާ ކޯސްތަކުގައި ބައިވެރިވާން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް
6 މާރިޗު 2025 - 09:24 0
ވިލާ ކޮލެޖުގެ މޭއި އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މޭއި އިންޓޭކުގައި ބައިވެރިވާން ވިލާ ކޮލެޖުން ހުޅުވާލީ އެޕްރިލް 19، ގެ ނިޔަލަށެވެ.
އެ ކޮލެޖުން ބައިވެރިވާން ހުޅުވާލީ މާސްޓަސް ފެންވަރުގެ 30 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 27 ކޯހަކާއި، ޑިގްރީ ފެންވަރުގެ 51 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 54 ކޯހަކާއި، ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 18 ކޯހެއްގެ އިތުރުން ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯހަށެވެ.
މެއި އިންޓޭކުގައި ފަށާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ:
މީގެއިތުރުން ހިއުމަން ރިސޯސް، އިންޖިނިއަރިން، ރިސާޗް ސްޓަޑީސް، ނާސިން، ޕަބްލިކް ހެލްތް އިންޓީރިއާ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާވިސަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން، ސައިކޮލޮޖީ، ކައުންސެލިން، ޑާޓާ ސައިންސް އަދި ކަލިނަރީ އާޓްސްގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓާސް ލެވެލްއަށް ހިމެނެ އެވެ.
އެ ކޯސްތަކުގެ ތެރޭގައި ވިލާގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވާސިޓ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވާސިޓ އޮފް ސައިބާޖާޔާ އަދި ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ހިމެނެ އެވެ.
ވިލާ ކޮލެޖުގެ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯޓްސްމޯތް ޔުނިވާސިޓީން ވެލިޑޭޓް ކުރެވިފައިވާ ޕްރޮގްރާމްތަކެވެ.
މޭއި މަހު ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިން، ޓީޗިން، ނާސިން އަދި ފާމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއް ވެސް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ވިލާ ކޮލެޖުގެ ކޯސްތައް މާލޭގައި ހުންނަ ކިއުއައި، ކެމްޕަހުގެ އިތުރުން ވިލާކޮލެޖް ނައިފަރު ކެމްޕަސް، ވިލާކޮލެޖް ގަން ކެމްޕަސް، ވިލާކޮލެޖް މަހިބަދޫ ކެމްޕަސް، ވިލާކޮލެޖް ހިތަދޫ ކެމްޕަސް އަދި ވިލާކޮލެޖް ކުޅުދުއްފުށި ކެމްޕަހުގައި ވެސް ކުރިއަށް ދާނެ އެވެ.
ވިލާ ކޮލެޖުގެ މޭއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެ އެވެ.
މީގެއިތުރުން ފިޒިކަލީ އެޕްލައި ކުރަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތުވެސް ވަނ ހުޅުވިފަ އެވެ. އަދި އެޕްލައި ކުރާ ދަރިވަރުންނަށް ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ފޯމްގެ ޖަވާބެއް ލިބޭނޭ ކަމުގެ ޔަގީންކަން ވިލާ ކޮލެޖުން ދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment