5 މާރިޗު 2025 - 13:32 0
ލީވާން އަލީ ނާސިރު
އަހުމަދު އުސައިދު އިބްރާހިމް: މެލޭޝިއާ އިން ގެއްލިގެން ހޯދަމުންދިޔައިރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި
5 މާރިޗު 2025 - 13:32 0
މެލޭޝިއާއިން ގެއްލިގެން ހޯދަމުންދިޔަ އަހުމަދު އުސައިދު އިބްރާހިމް އަފީފް ހުރީ އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އަދަދު އަށް އެނގިއްޖެ އެވެ.
އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ މެލޭޝިއާ ފުލުހުން އުސައިދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އެކަމާ ގުޅޭ ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.
އެކަމާ ގުޅިގެން އުސައިދުގެ ބައްޕަ، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި އިބްރާހިމް އަފީފް މި ނޫހަށް ވިދާޅުވީ ވިދާޅުވީ އުސައިދުއާ މެލޭޝިއާގެ ފުލުހުގެ ހައްޔަރުގައި ހުއްޓާ ބައްދަލުވެފައިވާ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅު ކަމަށެވެ.
"އުސައިދު ހުރީ މެލޭޝިއާ ފުލުހުންގެ ބެލުމުގެ ދަށުގައި. މީހަކަށް ފޮލޯކުރި ކަމަށް ކޮމްޕްލެއިން އައިސްގެން ހައްޔަރުކުރީ. ތަހުގީގު ނިމުނީމަ ދޫކޮށްލާނެ ކަމަށް ފުލުހުން ބުނަނީ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީ އަދި ފޮރިން މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އުސައިދު ގެއްލުނީ އާދިއްތަ ދުވަހު އެވެ. އެކަން އޭނާގެ އާއިލާއިން މެލޭޝިއާގެ ފުލުހުންގެ އިތުރުން މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެންގި އެވެ.
އަފީފް އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ގެއްލުނު ދުވަހު އެމްބަސީއަށް ދިޔަކަން އެތަނުގެ ސީސީޓީވީ ވުޓޭޖުތައް ބެލުމުން އެނގޭ ކަމަށެވެ. އަދި އެމްބަސީގައި ސްޓޫޑެންޓް ކާޑާ އެކު ވޮލެޓު ވެސް ބޭއްވިފައިވާ ކަމަށެވެ.
މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް ދިރިއުޅެމުންދާ ގައުމެކެވެ. ޗުއްޓީ ހޭދަކޮށްލުމަށް ވެސް އެ ގައުމަށް ގިނަ އަދަދަކަށް ދިވެހި ދަތުރުކުރެ އެވެ.
Comment