30 އޮގަސްޓު 2025 - 18:09 3
އަހުމަދު އާއިދު
މެލޭޝިއާގެ ކުއަލަލަމްޕޫރު: މެލޭޝިއާ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އެ ގައުމުން ދިވެއްސަކު ވަނީ ހައްޔަރުކޮށްފަ --- ފޮޓޯ: ފައިލް
30 އޮގަސްޓު 2025 - 18:09 3
މެލޭޝިއާގެ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން އެ ގައުމުން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މިއަދު ދިވެހި ފުލުހުންގެ ހިދުމަތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މެލޭޝިއާއިން ހައްޔަރުކޮށްފައިވަނީ މާލެ، ފުލެޓު 08-3-60، އަބްދުލް ބާތިން މުހައްމަދު މުސްތަފާ، 28، ކަމަށެވެ. އޭނާ ހައްޔަރުކުރި ކަމުގެ މައުލޫމާތު މެލޭޝިއާގެ އިދާރާތަކުން ދިވެހި ފުލުހުންނާ ހިއްސާކޮށްފަ އެވެ.
އޭނޭގަ މައްޗަށް މެލޭޝިއާގައި ހިންގާ ތަހުގީގުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް މަސްތުވާތަކެތި ވިއްކުމާއި މަކަރާއި ހީލަތުން ފައިސާ ހޯދުން އަދި އިތުރު ކުށްތަކުގެ ތުހުމަތުކޮށް މިދިޔަ ހަފުތާއެއްހާ ދުވަސް ތެރޭ ބާތިން އާއި ގުޅޭ ގިނަ ޕޯސްޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.
މީގެ އިތުރުން، ބާތިން ގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ބަލަމުންދާ ކަމަށް ވެސް އެ ހިދުމަތުން މިއަދު ބުނެފައިވެ އެވެ. އެ މައްސަލައިގައި މީގެ ކުރިން އޭނާ ހައްޔަރު ނުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.
Comment