Advertisement

މިޔަންމާ މައްސަލައިގައި ރާއްޖެއިން ލިޔުމުން އޮބްޒަވޭޝަން ހުށަހަޅައިފި

5 މާރިޗު 2025 - 12:20 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް: މިޔަންމާ މައްސަލައިގައި ރާއްޖޭގެ ފަރާތުން ވަނީ އޮބްޒަވޭޝަން ހުށަހަޅުއްވާފައި -- ފޮޓޯ: އޭޖީ އޮފީސް


މިޔަންމާ މައްސަލައިގައި ރާއްޖެއިން ލިޔުމުން އޮބްޒަވޭޝަން ހުށަހަޅައިފި

5 މާރިޗު 2025 - 12:20 1

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި ރާއްޖެއިން ލިޔުމުން އޮބްޒަވޭޝަން ހުށަހަޅައިފި އެވެ.

މި މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހުށަހެޅުއްވި އޮބްޒަވޭޝަންގައި، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާގެ މާއްދާތަކުގެ މާނަކުރުމަށް އަލިއަޅުވާލި އެވެ.

އެގޮތުން ވަކިން ހާއްސަކޮށް، އެ މުއާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތަށް އަލިއަޅުވާލާފައިވެ އެވެ.

އެ މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން، ދަ ގެމްބިއާ އިން، މިޔަންމާއާ ދެކޮޅަށް ނޮވެމްބަރު 11، 2019، ގައި، އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ.

ރާއްޖެއިން އެ މައްސަލައަށް އޮބްޒަވޭޝަން ހުށަހެޅީ، އެ މައްސަލައަށް ތަދައްހުލުވުމަށް އެދި ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަވެންޝަން ފެބުރުވަރީ 3، 2024، ގައި އައިސީޖޭއަށް ހުށަހެޅުމުން، އެ ހުށަހެޅުން ބަލައިގަނެ، ރާއްޖެއިން ތަދައްހުލުވާ މައުލޫއާ ގުޅޭ ގޮތުން ލިޔުމުން އޮބްޒަވޭޝަންސް ހުށަހަޅަން ދައުވަތު ދިނުމުންނެވެ.

ރޮހިންޖާގެ މުސްލިމުންނަށް އަދުލު އިންސާފު ހޯދައިދިނުމަށާއި، ގަތުލު އާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ގުޅޭ މުއާހަދާ ތަންފީޒު ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނެ ކަމުގެ ޔަގީންކަންދެ އެވެ.