Advertisement

ޖޭޕީގެ އޮފީސް ކުނޫޒާއި މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލަން ޕީޖީ އޮފީހުން ވަކާލާތުކޮށްފި

6 މާރިޗު 2025 - 07:22 3

އަހުމަދު އާއިދު

އ

Advertisement

އިއުތިސާމު 2017 ގައި ހައްޔަރުކުރިއިރު އަދި ޖެނުއަރީ މަހު ކޯޓު އަޑުއެހުމުގައި ހުރިއިރުގެ ދެ ފޮޓޯ --- އާޓްވޯކް: އަދަދު


ޖޭޕީގެ އޮފީސް ކުނޫޒާއި މާލޭގެ ފަސް ތަނެއްގައި ބޮން ގޮއްވަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ދޫކޮށްލަން ޕީޖީ އޮފީހުން ވަކާލާތުކޮށްފި

6 މާރިޗު 2025 - 07:22 3

Advertisement

Advertisement

ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ބޮމެއް ހަދަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުން ދޫކޮށްލަން ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކޮށްފި އެވެ.

ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރީ އޭޕްރީލް، 2017، ގައި މ. ކުނޫޒުގައި އޭރު ބޭއްވި ޖަލްސާއަކަށް އަމާޒުކޮށް ބޮމެއް ގޮއްވާލަން ރޭވި ކަމުގެ ދައުވާ ލިބޭ ގދ. މަޑަވެލި، ގަމަރީ، އިއުތިސާމް މުހައްމަދު ސައީދު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގަ އެވެ.

Advertisement

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުއްޓައި، އޭނާ ދޫކޮށްލަން އެދި އަލުން ކްރިމިނަލް ކޯޓަށް ދިޔައީ ޕްރޮސެކިއުޓާ ޖެެނެރަލްގެ ފަރާތުންނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އޭނާ ބަންދު ކުރުމަށެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން ނިންމި ނިންމުން ދަމަހައްޓަން ކްރިމިނަލް ކޯޓުން ޖެނުއަރީ 14، ގައި ނިންމި ނަމަވެސް އެ އަމުރު އާންމުކޮށްފައެއް ނުވެ އެވެ. އޭނާ ބަންދުން ދޫކޮށްލަން ދައުލަތުން ވަކާލާތުކުރިކަން ހާމަވީ އިއުތިސާމުގެ ފަރާތުން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުންނެވެ.

މި މައްސަލައިގައި ހައި ކޯޓުގައި ބޭއްވި ހަމައެކަނި އަޑުއެހުން ބޭއްވީ ފެބްރުއަރީ 18، ގަ އެވެ. އަޑުއެހުމުގައި އިއުތިސާމުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުގައި ދައުލަތުން ވަކާލާތުކުރީ، ޝަރުތުތަކަކާއެކު މޮނީޓާ ކުރެވޭނެހެން އޭނާ ދޫކޮށްލުމަށް ކަމަށެވެ. އެހެންކަމުން އިއުތިސާމު ބަންދުގައި ބަހައްޓަން ކޯޓުން ނިންމި ނިންމުން އިންސާފުވެރި ނޫން ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

Advertisement

އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދެއްކެވި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލު ވެސް ވަނީ ދަށު ކޯޓުގައި އިއުތިސާމު ދޫކޮށްލަން ދައުލަތުން ވަކާލާތު ކުރިކަމަށް އިއުތިރާފުވެފަ އެވެ. ޖެނުއަރީ މަހު އެގޮތަށް ވަކާލާތުކުރީ ޖަލުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ބުނެ ލިބުނު ސިޓީއަކާއި އޭނާ ބަންދުން ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން އަނގަބަހުން ބުނި ބުނުމެއްގެ މައްޗަށް ބަލައިގެން ކަމަށް ވަކީލު ވިދާޅުވި އެވެ.

އިއުތިސާމު ޝަރީއަތް ނިމެންދެން ބަންދުކުރިއިރު އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކަލުގެ ހާލަތަށް ބަދަލު ނާންނަކަން ވެސް ހައި ކޯޓުގައި ދައުލަތުގެ ވަކީލު ވަނީ ފާހަގަކުރައްވާފަ އެވެ.

އެއާއެކު މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ މި މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދައުލަތުން މަސައްކަތް ކުރަނީ ދަށު ކޯޓާއި ހައި ކޯޓުގެ ވަގުތު ނަގާލުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ތިހެން [ދައުލަތުން ބަންދުން ދޫކޮށްލަން ވަކާލާތު ކުރި ކަމަށް] ވަންޏާ މިތަނުގަ މިހާރު ކީއްތޯއޭ މި ކުރަނީ. ތިބޭފުޅުން ފުރަތަމަ ކޯޓަށް ވަޑައިގެންނެވީ ކީއްކުރައްވަންތޯ. ނޫހުގެ ސުރުހީ ބަދަލުވާތީތޯ. ކޯޓުން ދޫކޮށްލައިފިއޭ ބުނަން. އެއީތޯ އަންނަ ބަދަލަކީ،" ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ ފަނޑިޔާރު ވިދާޅުވި އެވެ.

އަދި، ނިޒާމުގެ ތެރެއިން އިއުތިސާމު ދޫވާނެ ފަދަ ހާލަތެއް އޮތް ކަމަށް ދެއްކެވީ ދައުލަތުން ކަމަށާއި ދައުލަތުން "އެކިފަހަރު އެކި ދުލުން" ވާހަކަ ދައްކަވާ ކަމަށް ވިދާޅުވެ ޖަލުގައި ޖާގަ ނެތް ނަމަ ދޫކޮށްލަން ޖެހޭނީ އިއުތިސާމު އެކަނި ތޯ ދީބާނާޒް ސުވާލު އުފެއްދެވި އެވެ.

"ދޫކޮށްލަން ނުޖެހޭ ކަމަށް އަމިއްލަފުޅަށް ގަބޫލުކުރެވެންޏާ ކީއްވެގެންތޯ އެންމެ ފުރަތަމަ ހުށަހެޅުއްވީ. އެޔެއް ނޫންތޯ އެބޭފުޅުންގެވެސް ޝަކުވާއަކީ..،" ފަނޑިޔާރު ވިދާޅުވި އެވެ. "މި ނިޒާމުގެ ތެރޭގަ އިސްތިއުނާފުކުރާ ފަރާތް ދޫވާނެ ކަމުގެ އުންމީދެއް ދައުލަތުން އުފަންކޮށްދެއްވި ގާނޫނީ ސަބަބެއް ވިދާޅުވެދެއްވާ."

2017 ގައި ބޮމެއް ގޮއްވާލަން ރޭވީ ކުނޫޒު ޖަލްސާއަކަށް އަމާޒުކޮށް!

2017 ވަނަ އަަހަރު މާލޭގައި މީހުން އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލަން އުޅުނު ކަން ފުލުހުން ކުރިން ހާމަކުރި. އޭގެ ދައުވާ އުފުލިފައިވާ މީހުންގެ ޝަރީއަތުގައި ދައުލަތުން މިއަދު ބުނި ގޮތުގައި އައީއީޑީއެއް ގޮއްވާލަން ރޭވީ ކުނޫޒުގައި އޭރު ބާއްވަމުން ދިޔަ ޖަލްސާއަކަށް އަމާޒުކޮށް

2017 ގައި ބޮމެއް ގޮއްވާލަން ރޭވީ ކުނޫޒު ޖަލްސާއަކަށް އަމާޒުކޮށް!

2017 ވަނަ އަަހަރު މާލޭގައި މީހުން އެއްވެ އުޅޭ ފަސް ތަނެއް ގޮއްވާލަން އުޅުނު ކަން ފުލުހުން ކުރިން ހާމަކުރި. އޭގެ ދައުވާ އުފުލިފައިވާ މީހުންގެ ޝަރީއަތުގައި ދައުލަތުން މިއަދު ބުނި ގޮތުގައި އައީއީޑީއެއް ގޮއްވާލަން ރޭވީ ކުނޫޒުގައި އޭރު ބާއްވަމުން ދިޔަ ޖަލްސާއަކަށް އަމާޒުކޮށް

ފަނޑިޔާރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ފާހަގަކުރެއްވީ ދާދި އެއް ވާހަކަތަކެކެވެ. އެއީ ޖަލުގެ ޖާގައިގެ ދަތިކަމާއި އޭނާ ދޫކޮށްލުމުން މޮނީޓާ ކުރެވޭނެ ކަމަށް ފުލުހުން ބުނި ބުނުމެވެ. އަދި، ޖާގައިގެ ދަތިކަމާހުރެ އެހެން މީހުން ދޫކޮށްލަން ވެސް ދައުލަތުން އެދިފައިވާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތާ ދެކޮޅަށް ކްރިމިނަލް ކޯޓުން މައްސަލަ ނިންމުމުން އިސްތިއުނާފުނުކުރަން ނިންމި ކޯޓުގެ ނިންމުމުގައި، މޮނީޓާ ކުރަން ފުލުހުން ބުނީ އަނގަބަހުން ކަން ފާހަގަކޮށްފައި އޮތުމާއި އެކަމާ ގުޅޭ ލިޔުމެއް ލިބިފައި ނެތުމުން ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އެ ދުވަހުގެ އަޑުއެހުން ނިންމާލީ ދެން ބާއްވާނީ މައްސަލަ ނިންމާ އަޑުއެހުން ކަމަށް އިއުލާނުކުރުމަށްފަހު އެވެ. ނަމަވެސް އިތުރު އަޑުއެހުމެއް ނުބޭއްވެނީސް އިއުތިސާމުގެ ފަރާތުން އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ގެންދަން އޭނާގެ ފަރާތުން އެދުނީ އަޑުއެހުން ބޭއްވި ދުވަހުގެ ފަހު ދުވަހު އެވެ.

ހަރުކަށި ފިކުރާއި އިއުތިސާމުގެ ރެކޯޑު

ކުނޫޒު ހިމެނޭހެން މާލެގެ ފަސް ތަނަކަށް ބޮމުގެ ހަމަލާދޭން އުޅުނު މައްސަލާގައި އިއުތިސާމުގެ އިތުރުން ތިން މީހަކަށް ދައުވާ އުފުލާފައިވެ އެވެ. އޭގެތެރޭގައި ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ ހއ. ހޯރަފުށި، އަލަނާސިގޭ، މުހައްމަދު ތަސްލީމް ވެސް ހިމެނެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ.

މިކަމާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ އިއުތިސާމާއި ތަސްލީމު އަދި ދެ މީހަކު ހައްޔަރުކުރީ 2017 ގަ އެވެ. އޭގެ އަހަރެއް ފަހުން ޝަރުތުތަކަކާއެކު އެ އެންމެން ކޯޓުން ދޫކޮށްލި އެވެ.

ދޫކޮށްލާފައި ހުރުމަށްފަހު ދެވަނަފަހަރަށް އިއުތިސާމު ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވާހަރަކޮށްލަން މާލޭގައި ދިން ބޮމުގެ ހަމަލާއަށްފަހު މެއި 17، 2021، ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އައްޑޫ ސިޓީގެ ހިތަދޫ އިންނެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ތަސްލީމް އާ އޮތް ގުޅުމުގެ ތެރެއިންނެވެ. ތަސްލީމަކީ ނަޝީދަށް ދިން ހަމަލާގެ އެއް މޭސްތިރި އެވެ.

އެފަހަރު ހައްޔަރު ކުރުމަށްފަހު ޝަރީއަތް ނިމެންދެން އިއުތިސާމު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުކުރީ ނޮވެމްބަރު 23، 2021، ގަ އެވެ. އެއީ 2017 ގެ މައްސަލައިގަ އެވެ. ދައުލަތުން ޖެނުއަރީ މަހު މުރާޖައާކުރީ އެ އަމުރެވެ.

އައިއެސް ޖަމާއަތުގެ ފޮޓޯ ގެންގުޅުމުގެ ދައުވާއެއް ސާބިތެއް ނުވި

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އައްޑޫ ސިޓީން ހައްޔަރު ކުރި އިއުތިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ

އައިއެސް ޖަމާއަތުގެ ފޮޓޯ ގެންގުޅުމުގެ ދައުވާއެއް ސާބިތެއް ނުވި

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އައްޑޫ ސިޓީން ހައްޔަރު ކުރި އިއުތިސާމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ

އެފަހަރު އިއުތިސާމު ހައްޔަރުކުރީ އެހެން ތުހުމަތު ތަކަކާއެކު އެވެ. ކްރިމިނަލް ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޭރު ފުލުހުން އިއުތިސާމަށް ތުހުމަތުކުރީ ޓެރަރިސްޓު ޖަމާއަަތަކަށް ތާއީދުކުރާ ލިޔެކިޔުމާއި ފޮޓޯ ގެންގުޅުމުގެ ތުހުމަތުގަ އެވެ.

ދައުލަތުން ހުށަހެޅި ދައުވާގައިވާ ގޮތުން، އިއުތިސާމް އުޅުނު ތަން ފުލުހުން ބަލައިފާސްކުރި އިރު ފެނުނު ދެ ފޯނަކުންނާއި އޭނާގެ ޖީބުން ފެނުނު ޕެން ޑްރައިވަކުން އައިއެސް ޖަމާއަތަށް ތާއީދު ކުރާ ފޮޓޯ އާއި ވީޑިއޯ ވަނީ ފެނިފަ އެވެ.

އެ ދައުވާއަށް އިއުތިސާމް އިންކާރު ކުރި އެވެ. ދިފާއުގައި އޭނާ ދެއްކި ވާހަކައަކީ އޭނާއަކީ އިލެކްޓްރޯނިކް ތަކެތި މަރާމާތު ކޮށްދޭ މީހެއް ކަމަށާއި ޕެން ޑްރައިވަކީ ވެސް މީހަކު މަރާމާތު ކުރަން އޭނާއަށް ދީފައިވާ އެއްޗެއް ކަމަށެވެ.

އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކޯޓުން ހުކުމް ކުރީ އިއުތިސާމްގެ މައްޗަށް އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އުސާމު

about 1 month ago

އެހެންމީހުން ބޮލުގައި ޖިހާދަށް ދާން އުޅޭކަމުގެ ތުހުމަތު އަޅުވާ ކޯޓް އަމުރުނަގައިގެން ތިމާގެ ގަދަކަން ދައްކަން އުޅުނު މީހާގެ ކޮއްކޮއަށް މިވީގޮތް ނިކަން ވިސްނަވާ. ތިމާ ކުރާ ކަންތައް އައިސް މި ޖެހެނީ ހަމަ ތިމާއަށް.

ޕީޖީ ވަކީލު

about 1 month ago

މިއީ ސީދާ މުއިއްޒު އަންގައިގެން އެމްޕީ އަކަށް ކޮށްދިން ކަމެއް، ނަސީބަކުން މި ނުރައްކާތެރި މީހާ ހުރީ ބަންދުގައި އަދިވެސް

ސިހުރުވރރިޔާ

about 1 month ago

މިއީ މަޑަވެލީގެ ސިހުރުވެރިޔަކު ހެދި މާސިންގާ ސިޙުރެއް. އެމްޕީއަކަށް ވާން.