4 މާރިޗު 2025 - 08:28 0
އަހުމަދު އާއިދު
މާލޭގެ މަގުމަތީ އުޅޭ ބުޅަލެެއް : ޖަނަވާރަކަށް އިހުމާލުވެއްޖެނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ޖިނާއީ ތަހުގީގު ކުރެވޭގޮތަށް ސަރުކާރުން ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ --- ފޮޓޯ: އަދަދު
4 މާރިޗު 2025 - 08:28 0
ޖަނަވާރަކަށް އިހުމާލުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭނެހެން ޖަނަވާރު ގެންގުޅުމާއި އެ ތަކެތި ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައިވާ ގޮތުން ރާއްޖެއަށް ޖަނަވާރު އިމްޕޯޓުކުރަން ހުއްދަ ދެެވޭނީ ހަ ހާލަތެއްގަ އެވެ. އެއީ؛
އޭގެއިތުރުން، ރާއްޖެއިން ޖަނަވާރު އެކްސްޕޯޓުކުރުމާއި ނުވަތަ ރީ-އެކްސްޕޯޓު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބިލުގައި ހިމަނާފައިވެ އެވެ. ޖަނަވާރު އެތެރެކުރާ އަދި ބޭރުކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުން މި ބިލު ގާނޫނަކަށް ވުމާއެކު ލާޒިމު ވާނެ އެވެ.
އަދި، ޖަނަވާރުތަކުގެ މެދުގައި ފެތުރޭ ބަލިތައް ފެތުރުން ހުއްޓުވުމަށާއި ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖެ އެތެރެކުރާ ޖަނަވާރުތައް ކަރަންޓީނުކުރުމަށް ވަސީލަތްތަކާއި މަރުކަޒުތައް ގާއިމުކުރުމަށްވެސް މި ބިލުން ފުރުސަތު ދެ އެވެ.
މީގެއިތުރުން، މި ބިލު ގާނޫނަކަށްވާ ހިސާބުން ހެދޭ ގަވާއިދުތަކާއި ހިލާފުވާ މީހުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޖާގަ ލިބޭނަމަ އެކަން ކުރުމުގެ ބާރު މި ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިގެންދާނެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment