11 ސެޕްޓެންބަރު 2025 - 15:34 0
11 ސެޕްޓެންބަރު 2025 - 15:34 0
ރާއްޖޭގައި 2028 ވަނަ އަހަރުގެ ނިޔަލަށް ފަތްކެޔޮ އުފައްދާ މިންވަރު 50 ޕަސެންޓުން އިތުރުކުރުމުގެ އަމާޒުގައި އެގްރިކަލްޗާ މިނިސްޓްރީން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
މިއީ ރާއްޖެއަށް ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ފަށާ ޕްރޮގްރާމެއް ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.
"ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައި،" ސަރުކާރުން ބުނެފައިވެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ޖެހެނީ އެ މިނިސްޓްރީއަށް ހުށަހަޅާށެވެ. އެ ޕްރޮޕޯސަލްގައި މަސައްކަތުގެ ތާވަލަކާއި 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަހައްދުގެ ޗާޓަކާއި އެ ދަނޑު ބެލެހެއްޓުމުގެ ޕްލޭނެއް ހުށަހަޅަން ޖެހެ އެވެ.
އެ ދަނޑަށް ބޭނުންވާ މުޑުވަށް ފޯރުކޮށްދޭނީ މިނިސްޓްރީންނެވެ. އޭގެ އިތުރުން ދަނޑަށް ބޭނުންވާ ގަސްކާނާ ވެސް މިނިސްޓްރީން ފޯރުކޮށްދޭނެ އެވެ.
ސެޕްޓެމްބަރު 25، ގެ 14:00 ގެ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ރަށްރަށުން ޕްލޭން ފޮނުވަން ޖެހެ އެވެ.
Comment