Advertisement

ހުލާސާކޮށް އިއްޔެ: އޮޅުހިޔާގެ ބުޅާތައް މަރުވުން

11 އޮކްޓޯބަރު 2025 - 06:09 0

މާލޭގައި އުޅެމުން ދިޔަ ބުޅާތަކެއް. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: އޮޅުހިޔާގެ ބުޅާތައް މަރުވުން

11 އޮކްޓޯބަރު 2025 - 06:09 0

ހުޅުމާލޭގައި ހަދާފައިވާ އޮޅުހިޔާގައި ބަލަހައްޓަން ގެންދިޔަ ބުޅަލުގެ ތެރެއިން 37 ޕަސެންޓު ބުޅާ މަރުވެފައިވާކަން ހާމަވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އޮޅުހިޔާ ހިންގުން ހަވާލުކޮށްފައިވަނީ ފީލައިން ވެލްފެއާ އޯގަނައިޒޭޝަން (އެފްޑަބްލިއުއޯ) ޖަމިއްޔާއާ އެވެ. އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި އެ މަސައްކަތް އެ ޖަމިއްޔާއާ ހަވާލުކުރީ ސެޕްޓެމްބަރު 15، ގަ އެވެ.

އޮޅުހިޔާގެ ހާލަތު ވަޒަން ކުރުމަށް ފަސް ޖަމިއްޔާއަކުން އެ ތަނަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. އެއީ ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސް، ކެއާ ފޯ ޕޯސް، ވެލްފެއާ ފޯ އައިލެންޑް ކެޓްސް އަދި ނައިން ލައިވްސް ރާއްޖެ އިންނެވެ. އެ ޒިޔާރަތަށް ފަހު ފަސް ޖަމިއްޔާއިން އެންޑޯޒްކޮށް ނެރުނު ރިޕޯޓުގައި ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފަ އެވެ.

އެފްޑަބްލިއުއޯއިން އޮޅުހިޔާއާ ހަވާލުވިއިރު 127 ބުޅާ އެ ތަނުގައި ތިބިއިރު އިތުރު އަށް ބުޅާ މިދިޔަ މަހު ގެންދިޔަ އެވެ. އޭގެ ތެރެއިން 51 ބުޅާ މަރުވެފައިވާއިރު އެއީ އޮޅުހިޔާގައި އޮތް ބުޅަލުގެ އާބާދީގެ 37 ޕަސެންޓެވެ.

ބުޅާތައް މަރުވި ސަބަބު މިނިސްޓްރީ އާއި ސައިޓް ވޮލަންޓިއަރުން ވެސް ސާފުކޮށް ނުދެވުނު ކަމަށާއި ހަމައެކަނި ސަބަބެއްގެ ގޮތުގައި ދެއްކީ ބަލި ފެތުރެމުން ދިޔުން ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބަލި ޖެހިފައި ތިބި ބުޅާތަކާއި ސިއްހަތު ރަނގަޅު ބުޅާތައް ތިބެނީ އެއްކޮށެވެ. އަދި އެ ތަނުގައި ހުރި ޑޮކްޓަރަށް ލިބިފައިވަނީ ދެވަނަ ދަރަޖައިގެ އެންޓިބަޔޮޓިކް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން މިހާތަނަށް ޖަނަވާރުންގެ ދުޅަހެޔޮކަމާ ބެހޭ މިނިސްޓްރީން އެއްޗެއް ބުނެފައި ނުވެ އެވެ. މާލޭގައި އުޅެމުން ދިޔަ ބުޅާތަކުގެ ތެރެއިން އެތައް ސަތޭކަ ބުޅަލެއް ވީނުވީއެއް ނޭނގި މަދުވި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ.

މުހިއްމު ބައެއް ހަބަރު