Advertisement

ބާޒާރުގައި ކާއްޓެއްގެ އަގު 40ރ. އަށް އަރައިފި

3 މާރިޗު 2025 - 12:47 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބާޒާރުގައި ކާށި ވިއްކުން: ކާއްޓެއްގެ އަގު 40ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު


ބާޒާރުގައި ކާއްޓެއްގެ އަގު 40ރ. އަށް އަރައިފި

3 މާރިޗު 2025 - 12:47 1

ބާޒާރުގައި މިއަދު ކާށި ލިބެން ހުރި މިންވަރު ބޮޑުތަނުން މަދުވެ ކާއްޓެއްގެ އަގު 40ރ. އަށް އަރައިފި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ ކުޑަ ކާއްޓެއްގެ އަގު ހުރީ 25ރ. އަށެވެ. އެއަށްވުރެ ބޮޑެތި ކާށި 30ރ. އަށް އަދި 35ރ. އަށް ވެސް ލިބެން ހުއްޓެވެ.

ބާޒާރަށް މިއަދު ގެނައި ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 300ރ. އަށް އުފުލިފަ އެވެ. އިއްޔެ ބާޒާރުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 250ރ. އަށެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު 200ރ. އަށް ވެސް ހުއްޓެވެ.

ކެބެޖް ކިލޯއެއްގެ އަގު ބާޒާރުގައި 30ރ. އަށް ހުރިއިރު ކިއުކަމްބާ ކިލޯއެއްގެ އަގު ހުރީ 65ރ. އާއި 70ރ. އާ ދެމެދު އެވެ. ބީންސް އަދި ލީކްސް ކިލޯއެއްގެ އަގު ހުރީ 85ރ. އަށެވެ.

ބާޒާރުގައި ކާށި ވިއްކުން: ކާއްޓެއްގެ އަގު 40ރ. އަށް ވަނީ އުފުލިފައި -- ފޮޓޯ: އަދަދު


ކުރުނބާގެ އަގަށް ބަލާއިރު ފުޅިއެއްގެ އަގު ހުރީ 160ރ. އަށެވެ. ވަކިން ކުރުނބައެއް ލިބެން ހުރީ 35ރ. އިން ފެށިގެން 50ރ. އަށެވެ. ރޯ ކަދުރު ކިލޯއެއް 300ރ. ގައި ހިފެހެއްޓިފައިވާއިރު އަންނާރު ކިލޯއެއްގެ އަގު ވެސް ހުރީ 120ރ. ގައި ހިފެހެއްޓިފަ އެވެ.

ބާޒާރުގައި އެންމެ ތަދު މޭވާގެ ތެރޭގައި ހިމެނޭ ޖުމްހޫރީ މޭވާ (ޕެޝަންފުރުޓު) ކިލޯއެއް ލިބެން ހުރީ 120ރ. އާއި 130ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެންމެ ތިޔާގިކޮށް ލިބެން ހުރި ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގަ އެވެ.

ލެޓިއުސްގެ އަގު 70ރ. އާއި 90ރ. އާ ދެމެދު ހުރިއިރު ހަތަރު ފަތުގެ ކޮޕީފަތް ބޮނޑިއެއް ލިބެންހުރީ 10ރ. އަށްކަން ފާހަގަކޮށްލެވެ އެވެ.

މަސް މާރުކޭޓުގައި ކަނޑު މަހާއި ކަންނެލި ކިލޯއެއް ލިބެން ހުރީ 35ރ. އާއި 40ރ. އާ ދެމެދުގަ އެވެ. މުށި މަހުގެ އަގަށް ބަލާއިރު އެންމެ މަހެއް ލިބެން ހުރީ 10ރ. އަށެވެ.