Advertisement

ރަޝިޔާ އާއި މޮރޮކޯއަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

3 މާރިޗު 2025 - 16:08 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައްޔިތުންގެ މަޖިލީހުގެ މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރަޝިޔާ އާއި މޮރޮކޯއަށް ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފި

3 މާރިޗު 2025 - 16:08 0

ރަޝިޔާއަށާއި މޮރޮކޯއަށް ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބޭފުޅުންގެ ނަންތައް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރަޝިޔާއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް، ގ. ކަނޑުތޮޅިއާގެ އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފާސްކުރީ މަޖިލީހުގެ ވޯޓުގައި މިއަދު ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

މޮރޮކޯއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނު ކުރަން މަޖިލީހުން ފާސްކުރީ ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރު، މ. ވެސްޓު ސައިޑް އެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

އޭގެ އިތުރުން މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. މަރިޔަމް ޝަބީނާ އަހުމަދު، މ. ރުއްފުށި، ރާއްޖެއިން ފިލިޕީންސްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވި މައްސަލަ ދިރާސާ ކުރަން ވެސް ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.