Advertisement

ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ސިނގިރޭޓާއި ދުންފަތް އެތެރެ ނުކުރެވޭނެ: ސައީދު

3 މާރިޗު 2025 - 06:04 1

މުހައްމަދު ޝަހްޒާން

މ

Advertisement

އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު: އޭނަ ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓާއި ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ އެ ތަކެތި އެ ގައުމުން އެތެރެ ކުރާ މިންވަރެއްގެ މައްޗަށް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ޗައިނާ-ރާއްޖެ އެފްޓީއޭގެ ދަށުން ސިނގިރޭޓާއި ދުންފަތް އެތެރެ ނުކުރެވޭނެ: ސައީދު

3 މާރިޗު 2025 - 06:04 1

Advertisement

Advertisement

މި އަހަރުގެ ޖެނުއަރީ މަހު އަމަލު ކުރަން ފެށި ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން ޑިއުޓީ ނުދައްކައި ސިނގިރޭޓާއި ދުންފަތް ރާއްޖެއަށް އެތެރެ ނުކުރެވޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބެއްގައި ސައީދު ވިދާޅުވީ ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ރާއްޖެއަށް އެތެރެ ކުރާ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ މައާފެއް ނުވާނެ ކަމަށެވެ.

Advertisement

"ޗައިނާ އާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުން ޑިއުޓީ ނަގަ އެވެ، ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓުގެ ޑިއުޓީން ދައުލަތަށް ލިބޭނެ އާމްދަނީ ބިނާވާނީ ޗައިނާއިން ދިވެހިރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އަދި ސިނގިރޭޓު އެތެރެ ކުރާ މިންވަރެއްގެ މައްޗަށެވެ،" ސައީދު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

ތާރީހުގައި ވެސް ރާއްޖެއިން ސޮއިކުރި ފުރަތަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ރާއްޖެއަށް އެތެރެ ކުރާ 70 އިންސައްތަ ތަކެތިން ޑިއުޓީ މައާފުވެގެންދާނެ ކަމަށް ސައީދު މީގެ ކުރިން ވިދާޅުވި އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ އަދަދު އިތުރުކޮށް ޗައިނާއިން ރާއްޖެއަށް އެތެރެކުރާ 90 އިންސައްތަ ތަކެތީގެ ޑިއުޓީ މައާފުވެގެން ދާނެ ކަމަށް ވެސް ސައީދު ވިދާޅުވެފައިވެ އެވެ.