3 މާރިޗު 2025 - 03:39 0
ލީވާން އަލީ ނާސިރު
ހުޅުމާލެ ގްރޭންޑް މިސްކިތް އާބާތުރަ ފިލުވުމަށްފަހު ހުޅުވުން -- ފޮޓޯ: އުރީދޫ
3 މާރިޗު 2025 - 03:39 0
އުރީދޫ މޯލްޑިވްސް އާއި ގަތަރު ޗެރިޓީ ގުޅިގެން މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) އާބާތުރަ ފިލުވައި، އޭސީކުރުމަށް ފަހު ހުޅުވައިފި އެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވި އެވެ.
ޖުމްލަ 1،800 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ހުޅުމާލެ ގްރޭންޑް މިސްކިތް އިމާރާތް ކުރީ 2006 ވަނަ އަހަރު އެވެ. އެ މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށް، އެތެރޭގައި ސީލިން މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެ އެވެ.
ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ އެ ކުންފުންޏަކީ މުޖުތަމައުއަށް ފައިދާވާ ފަދަ ކަންކަން ކުރުމަށް ވެސް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ.
ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް އޭނާ ތައުރީފު ކުރެއްވި އެވެ. އަދި އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީން އޮތީ ތައްޔާރަށްކަން ހާމަކުރެއްވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment