Advertisement

ސިޓީ ކައުންސިލުން ގެނައި ފެން ހިންދާ ދެ ޕަމްޕު ޑިފެންސުގެ ބެލުމުގެ ދަށަށް

2 މާރިޗު 2025 - 20:06 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިޓީ ކައުންސިލުން ގެނައި ފެން ހިންދާ ދެ ޕަމްޕެއް --- ފޮޓޯ: ސިޓީ ކައުންސިލް


ސިޓީ ކައުންސިލުން ގެނައި ފެން ހިންދާ ދެ ޕަމްޕު ޑިފެންސުގެ ބެލުމުގެ ދަށަށް

2 މާރިޗު 2025 - 20:06 1

މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ލުޔެއް ގެނައުމަށް މާލެ ސިޓީ ކައުންސިލުން ގެނައި ފެންހިންދާ ދެ ޕަމްޕު ޑިފެންސް މިނިސްޓްރީއާ ހަވާލުކުރަން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ އެގޮތަށް ކަންކުރަން ނިންމިކަން ފެބްރުއަރީ 28، ގައި ކައުންސިލް އިދާރާއިން ޑިފެންސަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

މި ދެ ޕަމްޕު ރޭ ވަނީ ފުރަތަމަ ފަހަރަށް ބޭނުންކޮށްފަ އެވެ. ޕަމްޕުތައް ގެނައުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 2024 ގައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

"ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ފޯރުކޮށްދެވޭ ކޮންމެ ހިދުމަތެއް ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް އަކީ އަބަދުމެ، މި ކައުންސިލާއެކު އެންމެ ގާތުން މަސައްކަތް ކުރާ މުއައްސަސާ،" ކައުންސިލުން ދިފާއީ ވުޒާރާއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

މި ޕަންޕުތަކަކީ ފެން ގަނޑު ތެރޭގައި ހުންނަ ތިން އިންޗި ފުޅާމިނުގެ ސޮލިޑް ހޮޅިތެރެއިން މިނެޓަކު 11356.24 ލީޓަރުގެ ފެން ބޭރު ކުރެވޭ ވަރުގެ ގާބިލު ބިޔަ ދެ ޕަންޕެވެ. މީގެ ކުރިން މާލޭގައި ފެންހިންދުމަށް ބޭނުން ކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރާ ޕަމްޕު ތަކެކެވެ.