2 މާރިޗު 2025 - 08:57 0
މުހައްމަދު ޝަހްޒާން
ފުލުހުންގެ ލޯންޗެއް: ލޯންޗެއް ދިޔަވަމުން ދާތީ ހަރަކާތްތެރި ވަނީ ސިފައިން -- ފޮޓޯ: އަދަދު ފައިލް
2 މާރިޗު 2025 - 08:57 0
ކ. ތިލަފުށްޓާ ދިމާ ބޭރުން ދަތުރު ކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވާތީ ސިފައިން އެ ހަރަކާތްތެރިވާން ފަށައިފި އެވެ.
މީޑިއާތަކަށް އެމްއެންޑީއެފުން ފޮނުވި މެސެޖެއްގައި ބުނީ ފަޅައިގެން ގޮސް ދިޔަވަމުން ދަނީ ސުވެނިއާ 34 ނަމަކަށް ކިޔާ ލޯންޗެއް ކަމަށެވެ. ނަމަވެސް އެ ލޯންޗުގައި ތިބީ ކިތައް މީހުން ކަމެއް, އަދި އެ ލޯންޗު ފަޅައިގެން ދިޔައީ ކިހިނެއް ކަމެއް އެމްއެންޑީއެފުން ނުބުނެ އެެވެ.
ތިލަފުށްޓާ ދިމާ ބޭރުން ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާޢިރު، މިއަދު ހެނދުނު އދ. ދިގުރަށުން ފުރައިގެން މާލެއަށް އައި ލޯންޗެއް ވަނީ އަޑިއަށް ގޮސްފަ އެވެ. ނަމަވެސް އޭގެން ދަތުރު ކުރި ހުރިހާ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑުދަތުރުކޮށް ހަދާއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment