ރެސިޕީ: ރޭހުރި ބްރެޑް ޕުޑިން

1 މާރިޗު 2025 - 16:37 0

ލީވާން އަލީ ނާސިރު

ލ


ރެސިޕީ: ރޭހުރި ބްރެޑް ޕުޑިން

1 މާރިޗު 2025 - 16:37 0

ބޭނުންވާ ތަކެތި

  • 2 ޖޯޑު ކިރު
  • 1 ޕާނުގެ ކައިރިފަށް
  • 4 ބިސް
  • 1 މޭޒު މަތީ ސަމްސާ ވެނީލާ
  • 1 މޭޒު މަތީ ސަމްސާ ޗޮކްލެޓް ޗިޕްސް
  • 1 1/2 ޖޯޑުގެ ބްރައުން ޝުގާ
  • 1 މޭޒުމަތީ ސަމްސާގެ ވެނިލާ އެސެންސް
  • 1 ޖޯޑު މެލްޓެޑް ބަޓަރު

ތައްޔާރުކުރާނެ ގޮތް

ސަމްސަލެއް ބޭނުންކޮށްގެން ހަތަރު ބިސް ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ބްރައުން ޝުގާ އަޅައި އަނެއްކާ ވެސް ރަނގަޅަށް ގިރާލާށެވެ. އަދި ވެނީލާ އެސެންސް އަޅައި ގިރާލުމަށްފަހު މެލްޓެޑް ބަޓާ ވެސް އެއްކޮށްލައި ގިރާލާށެވެ. އެންމެ ފަހު އެއްޗަކަށް، ކިރު އަޅާލުމަށްފަހު އަނެއްކާ ވެސް ރަނގަޅަށް ގިރާލާށެވެ.

އެއަށްފަހު ޕާނުގެ ކައިރިފަށްތައް އެހެން ޓްރޭއެއްގެ ތެރޭގައި، ފޫ ފޮރުވޭ ގޮތަށް ރީތިކޮށް އަތުރާލުމަށްފަހު، ޕާންތައް ރަނގަޅަށް ފޯވާވަރަށް ތައްޔާރުކުރި މިކްސް ޓްރޭ ތެރެއަށް އަޅާލާށެވެ. ޗޮކްލެޓް ޗިޕްސް އަޅާނީ އެންމެ ފަހަކަށެވެ.

ދެން ފާންތަކަށް ރަން މުށި ކުލަ އަރަންދެން އަވަނުން ފިހެލާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު" އިން ގެނެސްދޭ ކުކިން ޝޯ، "ރޭހުރި" ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު ނަޝީދާ (ނަޝީ) އެވެ.