Advertisement

ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން ހައިކޯޓަށް

1 މާރިޗު 2025 - 08:38 0


ހުލާސާކޮށް އިއްޔެ: ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން ހައިކޯޓަށް

1 މާރިޗު 2025 - 08:38 0

ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހަދައިދިނުމަށް އެދި ކުރީގެ މަޖިލިސް މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ހައި ކޯޓަށް މައްސަލަ ހުށައަޅުއްވައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މިކަން ހާމަކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެ ކޯޓުގައި ތަޅުއެޅުވުން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލި، ގާނޫނު އަސާސީގެ ބާރު ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރާ މި މައްސަލައިގައި ކޯޓަށް މައްސަލަ ހުށައެޅުއްވިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެބްރުއަރީ 26، 2025 ގައި ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ ހުސްނުއްސުއޫދާއި، މަހާޒު އަލީ އާއި އަޒްމިރަލްދާ ޒާހިރެވެ.

އެ ތިން ފަނޑިޔާރުން ފުރަތަމަ ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެ ފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ވަނީ ބަލަން ފަށައިފަ އެވެ.

މުހިއްމު ބައެއް ހަބަރު