27 ފެބުރުވަރީ 2025 - 09:55 0
27 ފެބުރުވަރީ 2025 - 09:55 0
މެޑްރިޑް (ފެބްރުއަރީ 27) - ސްޕެނިޝް ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންޑްރިކް ޖެހި ގޯލުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ރެއާލް މެޑްރިޑުން 1-0 އިން ކުރިހޯދައިފި އެވެ.
ސޮސިއެޑާޑް ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 19 ވަނަ މިނިޓްގައި އެންޑްރިކް ކާމިޔާބުކުރީ ޖޫޑް ބެލިންހަމް ދިން ބޯޅައަކުންނެވެ.
މި މެޗުގައި، ސޮސިއެޑާޑްގެ ސަޕޯޓަރުން ދަނޑުގައި އަޑުގަދަކުރިއިރު، ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކެއް ކުރުމުން، ރެފްރީ ވަނީ ވަގުތު ކޮޅަކަށް ކުޅުން މެދުކަނޑާލުމަށް ފަހު، ދެ ޓީމުގެ ކެޕްޓަނުންނާ ހާލަތާ ގުޅޭ މަޝްވަރާތަކެއްކޮށްފަ އެވެ.
ދެ ވަނަ ގޯލެއް ޖަހަން، އެންޑްރިކް އާއި ބެލިންހަމް ރަނގަޅު ހަމަލާތަކެއް ފޮނުވާލިއިރު، އޭގެއިން ބައެއް ބޯޅަތައް ސޮސިއެޑާޑްގެ ކީޕަރު އަލެކްސް ރެމީރޯ ވަނީ މަތަކޮށްފަ އެެވެ.
ކުޑަ އަނިޔާއެއްގެ ސަަބަބުން، މި މެޗުގައި ރެއާލުން ނިންމީ ކީލިއަން އެމްބާޕޭ ބޭނުންނުކުރާށެވެ. އަދި ގާތްގާތުގައި ގިނަ މެޗުތަކެއް ނުކުޅުވުމުގެ ގޮތުން، ރެއާލުން ރޭގެ މެޗުގައި، ތިބައު ކޯޓުއާ އާއި ފެޑެރީކޯ ވަލްވޭޑޭ ބޭނުންނުކޮށް، އެ ދެ ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދިނެވެ.
ރެއާލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އޭޕްރީލް އެއް ވަނަ ދުވަހު އެވެ.
Comment