24 ފެބުރުވަރީ 2025 - 11:39 1
ލީވާން އަލީ ނާސިރު
ދަރުމަވަންތަ ހޮސްޕިޓަލް: އެ ހޮސްޕިޓަލުން ފުރޮޅުލީ ގޮނޑި ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައި -- ފޮޓޯ: އަދަދު ފައިލް
24 ފެބުރުވަރީ 2025 - 11:39 1
ދަރުމަވަންތަ ހޮސްޕިޓަލުން ހިދުމަތް ހޯދަން ދާ ބަލި މީހުންނަށް ފުރޮޅުލީ ގޮނޑި ފަސޭހައިން ނުލިބޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ފޭސްބުކްގައި އާންމު މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ދަރުމަވަންތަ ހޮސްޕިޓަލުން ފުރޮޅުލީ ގޮނޑިއެއް ހޯދަން އެދުމުން، ފުރޮޅުލީ ގޮނޑި އަމިއްލައަށް އައިޖީއެމް ހޮސްޕިޓަލުން ގެނައުމަށް އެންގި ކަމަށެވެ.
"މިއަދު ދަރުމަވަންތަ ހޮސްޕިޓަލަށް ނުހިނގޭ މީހަކު ގޮވައިގެން ގޮސް ވީލްޗެއާއެއް ނުލިބިގެން ކައުންޓަރުގައި އެދުމުން ޖަވާބުދިނީ އަމިއްލައަށް ގޮސް އައިޖީއެމްއެޗުން ހޯދައިލައިގެން އަންނާށޯ. މީ ހިތާމަ ކުރަން ޖެހޭ ފެންވަރުގެ ހިދުމަތެއް،" އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް "އަދަދު" އަށް ވިދާޅުވީ ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ފުރޮޅުލީ ގޮނޑި ހޯދުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިއަދު އޮތް އެޗްއޯޑީ ބައްދަލުވުމުގައި ފުރޮޅުލީ ގޮނޑި ފަސޭހައިން ލިބޭނެ އިންތިޒާމާއި، ޕްރޮސެސް ހަރުދަނާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހަލީމް ވިދާލުވި އެވެ.
ހަލީމް ވިދާޅުވީ ފުރޮޅުލީ ގޮނޑީގެ ހިދުމަތަށް ބުރޫ އަރަނީ ހިދުމަތްތައް ހޯދުމަށް އެ ގޮނޑިތައް ނެގުމަށްފަހު، ފަހުން އަނބުރާ އެކި ތަންތަނުގައި ބަހައްޓާތީ ކަމަށެވެ. އެގޮތުން ބޮޑު ސަރަހައްދަކުން އަނބުރާ ގޮނޑިތައް ހޯދުމަށް ވެސް ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުގައި ވީލްޗެއާ ހުންނާނެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް އަދި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް. ވީލްޗެއާގެ ޝޯޓޭޖެއް އުޅެނީކީއެއް ނޫން. ވީލްޗެއާ އަޅުގަނޑުމެން ކޮންމެ އަހަރަކު ވެސް އިތުރަށް ވެސް ނަގާނެ. މިދިޔަ އަހަރު ވެސް އަޅުގަނޑުމެން ވީލްޗެއާތަކެއް ގަނެފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ހަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިތުރުން އައިޖީއެމްއެޗް ހޮސްޕިޓަލުން ފުރޮޅުލީ ގޮނޑި ބޭނުންވާ ބަލި މީހުންނަށް އެ ހިދުމަތް ކައުންޓަރުތަކުން ފޯރުކޮށްދޭނެ ކަމަށެވެ.
ހޮސްޕިޓަލުތަކުގައި އާންމުންކޮށް ފުރޮޅުލީ ގޮނޑިއަކީ ލިބެން ޖެހޭ އެންމެ އަސާސީ އެއް ހިދުމަތެވެ. މިގޮތުން މީގެ ކުރިން އެފަދަ އެއްވެސް ޝަކުވާއެއް ފެންމަތިވެފައި ނުވާކަން ވެސް ފާހަގަކުރެވެ އެވެ.
0.00%
66.67%
33.33%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަލީސާސް
about 2 months ago
އަންނަ ހަފުތާގެ ތެރޭގައި ގޮޑީގެ މައްސަލަ ހައްލުކުރާނަން
Comment