23 ފެބުރުވަރީ 2025 - 10:02 0
23 ފެބުރުވަރީ 2025 - 10:02 0
މެޑްރިޑް (ފެބްރުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ ލަސް ޕަލްމާސް 2-0 އިން ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
މި ހަފްތާގައި ކުޅުނު މެޗުން ވެލެންސިއާ އަތުން 3-0 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން އެއް ވަނަ އަށް އެރި އެވެ. އެކަމަކު، ރޭ ބާސެލޯނާ ހޯދި ކާމިޔާބާ އެކު އެ ޓީމަށް އެއް ވަނަ ލިބުނީ، 25 މެޗުން 54 ޕޮއިންޓާ އެކު އެެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 25 މެޗުން ވަނީ 53 ޕޮއިންޓް ލިބިފަ އެވެ.
ލަސް ޕަލްމާސް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. އެކަމަކު، ބަދަލަކަށް ކުޅެން އެރި ޑެނީ އޮލްމޯ ވަނީ މެޗުގެ 62 ވަަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އޭނާ މި ލަނޑު ޖެހީ، ލަމީން ޔަމާލް ދިން ބޯޅައަކުންނެވެ. މިއީ، މިދިޔަ ނޮވެމްބަރު މަހުގެ ފަހުން އޮލްމޯ ޖެހި ފުރަތަމަ ގޯލެވެ.
އިތުރު ވަގުތުގައި ބާސެލޯނާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖެހީ ފެރާން ޓޮރޭޒް އެވެ. މިއީ، ރަަފީނިއާ ދިން ބޯޅައަކުން ޓޮރޭޒް ޖެހި ގޯލެކެވެ. ބާސެލޯނާ އިން މި ފަހަރު ލީގުގައި ކުޅުނު މެޗުތަކަށް ބަލާއިރު، ބަދަލަކަށް ކުޅެން އެރި ކުޅުންތެރިން 12 ގޯލު ޖަހާފައިވެ އެވެ.
ލީގުގެ ތިން ވަނައިގައި ރެއާލް މެޑްރިޑް އޮތީ 24 މެޗުން 51 ޕޮއިންޓާ އެކު އެވެ. ރެއާލުން މިރޭ ޖިރޯނާ އަތުން މޮޅުވެއްޖެނަމަ، ބާސެލޯނާއާ ޕޮއިންޓުން އެއްވަރުކުރެވޭނެ އެވެ.
Comment