21 ފެބުރުވަރީ 2025 - 11:16 1
މުހައްމަދު ޝަހްޒާން
ކުޅުދުއްފުށި ސިޓީގެ މަތިން ފެންނަ ފޮޓޯޢެއް: ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސިޓީގެ އަށް ގެއަކުން ސާމާނު ގެންގޮސްފައި -- ފޮޓޯ: އަދަދު ފައިލް
21 ފެބުރުވަރީ 2025 - 11:16 1
ހދ. ކުޅުދުއްފުށީގެ އަށް ގެއެއް ބަލައި ފާސްކޮށް ހޯދި ސިހުރު ހަދާ ސާމާނުގެ މައްސަލައާ ގުޅިގެން މިހައިތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ މީހުންނާ ސުވާލު ކުރަމުންދާ ކަމަށެވެ.
"މީހަކު ހައްޔަރު ކޮށްފައި ނުވޭ، ނަމަވެސް މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ސިހުރު ހަދާ ކަމުގެ ރިޕޯޓުތަކެއް ފުލުހުންނަށް ލިބިގެން ކުޅުދުއްފުށީގެ 10 ގެއެއް ކޯޓު އަމުރުގެ ދަށުން ފުލުހުން ބަލައި ފާސްކުރި އެވެ. އޭގެތެރެއިން އަށް ގެއިން ސިހުރު ހަދަން ބޭނުން ކުރާ ފޮތާއި ލިޔެކިޔުމާއި އާލާތްތައް ފުލުހުން ހޯދި އެވެ.
މިފަހުން ސިހުރުގެ ވަރަށް ގިނަ މައްސަލަތަކެއް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ. ތ. ވިލުފުށީގައި ސިހުރި ހެދި ކަމަށް ބެލެވޭ މީހަކު މި މަހު ވެސް ހައްޔަރު ކުރި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކެޔޮޅު
2 months ago
ސިހުރު ކަންތައް އެންމެ މަތިން ފެށިގެން ވެސް އޮތީ. ތިޔަ ބަހާ މަސްދަޅަށް ވެސް ސިހުރެއް ހަދާފަ ހުރެދާނޭ ހީވާވަރުން މި އިންނަނީ އެ ވެސް ނުނަގަން.
Comment