20 ފެބުރުވަރީ 2025 - 16:22 1
ލީވާން އަލީ ނާސިރު
20 ފެބުރުވަރީ 2025 - 16:22 1
ދެކުނުގެ ރަށެއްގައި އަންހެން ޓީޗަރަކު ފިރިހެން ދަރިވަރަކު ގްރޫމް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ގްރޭޑް އަށެއްގައި ކިޔަވަމުންދާ އެ ދަރިވަރު, އެ ސްކޫލުގެ އަންހެން ޓީޗަރު ގްރޫމްކުރި މައްސަލަ ހުށަހަޅައި ތަހުގީގު ކުރަން ފަށާފައި ވަނީ ޖެނުއަރީ 21، ގައި ކަމަށެވެ.
އެ މައްސަލައާ ގުޅޭ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަަމަށް ފުލުހުން ބުންޏެވެ. އެކަމަކު އެ ޓީޗަރު ހައްޔަރުކުރި ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
މި މައްސަލައިގައި ހިމެނޭ ޓީޗަރަށް އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މާލޭ ސަރަހައްދުގެ ސްކޫލެއްގައި ކިޔަވައިދޭ އިސްލާމް ޓީޗަރެއްގެ މައްސަލަ ތިލަވިތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެ ޓީޗަރު މީގެ ދެ ދުވަހެއް ފަހުން ސަސްޕެންޑުކޮށްފައިވެ އެވެ.
ސްކޫލް ޓީޗަރުން ދަރިވަރުން ގްރޫމްކުރާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ، އެ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ކުރަމުންދެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment