20 ފެބުރުވަރީ 2025 - 08:54 0
ބުރާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް
20 ފެބުރުވަރީ 2025 - 08:54 0
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް ކްލަބުން ގްރީން ސްޓްރީޓްސް ބަލިކޮށް ފުރަތަމަ މޮޅު ހޯދިއިރު، ކްލަބް އީގަލްސް އިން ވެލެންސިއާގެ މައްޗަށް ކުރިހޯދައި މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ކުރިއަށް ދިޔުމުގެ ފުރުސަތު ބޮޑު ކޮށްފި އެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ގްރީން ސްޓްރީޓްސްގެ މައްޗަށް ބުރުން ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބުރުގެ އައްފާން ބިން އަހުމަދު ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދައިފަ އެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ބުރުގެ ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ އަޒާން މުހައްމަދު ޒާހިދު އެވެ.
މި މެޗުގައި ގްރީން އިން ޖެހި ހަމައެކަނި ގޯލު މެޗުގެ 71 ވަނަ މިނިޓްގައި އެ ޓީމަށް ޖަހައިދިނީ އަހުމަދު ނާހިޝް އަމީން އެވެ.
މީގެ އިތުރުން މި މުބާރާތުގައި ރޭ ވެލެންސިއާގެ މައްޗަށް އީގަލްސް އިން ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ.
ވެލެންސިއާ އަކީ މި ފަހަރުގެ މުބާރާތުގައި ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.
މުޅި މެޗުކަހަލަ ގޮތަކަށް ވެލެންސިއާ އިން ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގައި އީގަލްސް އިން ލީޑު ނެގީ މެޗުގެ 80 ވަނަ މިނިޓްގައި އަބްދުالله ޒުހާން ޖެހި ގޯލުންނެވެ.
މި ގްރޫޕްގައި މާޒިޔާ އާއި އީގަލްސް އިން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.
މި މުބާރާތުގައި މާދަމާ ހަވީރު ކްލަބް ވެލެންސިއާ އިން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އަދި މާދަމާ ރޭ ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment