20 ފެބުރުވަރީ 2025 - 06:45 0
ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން.--- ފޮޓޯ: ނަވާޒު އައްސަދު
20 ފެބުރުވަރީ 2025 - 06:45 0
ގައުމީ ބީޗްހޭންޑްބޯޅަ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ، މި އަހަރު ބާއްވާ އޭޝިއާގެ 10 ވަނަ ބީޗް ހޭންޑްބޯޅަ މުބާރާތަށް ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެފި އެވެ.
މި މަހު 18 އިން 23 ޕާކިސްތާންގެ ކަރާޗީގައި ބާއްވަން މަސައްކަތް ކުރި، ކޮމަންވެލްތު ގައުމުތަކަށް ބާއްވާ ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރަން ރާއްޖޭން ޑިސެމްބަރު މަހުން ފެށިގެން ތައްޔާރުވާން ފެށި އެވެ.
އެކަމަކު، އެ މުބާރާތް ފަހުން ކެންސަލްވުމާ އެކު، ހޭންޑްބޯލް މޯލްޑިވްސް އިން ދުރުރާސްތާ، ވިސްނުމުގައި ބީޗް ހޭންޑްބޯޅަ ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ފަށާފައިވާތީ، އެހެން ފުރުސަތަކަށް ބެލީ އެވެ. އެ ގޮތުން، ގިނަ މަސައްކަތްތަކެއް ކުރެވިގެން، އަންނަ މެއި މަހު އޮމާންގެ މަސްކަޓުގައި ކުރިއަށްދާ އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި، ރާއްޖެ ވަނީ ބައިވެރިވެފަ އެވެ.
އެ މުބާރާތުގެ ތައްޔާރީތައް ވެސް ކުރިއަށްދަނީ، ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި، އާސިމް ރަޝީދުގެ ބެލުމުގެ ދަށުންނެވެ. ޕާކިސްތާނަށް ބީޗްހޭންޑްބޯޅައިން ގިނަ މެޑަލްތަކެއް ހޯދައިދީފައިވާ، އާސިމް އަކީ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް) އާއި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގައި ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެކެވެ. އަދި އޭޝިއަން ހޭންޑްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ކޮމިޓީގައި ވެސް މުހިންމު މަސައްކަތްކެއް ކުރި އާސިމް ވަނީ، އޭޝިއާގެ މުބާރާތްތަކުގައި އިސް ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.
ހދ. ކުޅުދުއްފުށީގައި ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގެ ހަރަކާތްތައް ކުރިއަށްދާއިރު، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ)، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ބީޗްހޭންޑްބޯޅައިން ރާއްޖެ އަށް ހުރި އިތުރު ފުރުސަތުތައް ފަހިކުރުމުގެ މަސައްކަތްތައް ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
އޭޝިއާގެ ބީޗްހޭންްޑްބޯޅަ މުބާރާތް އޮމާނުގައި ކުރިއަށްދާނީ، މެއި 1-10 އަށެވެ. ރާއްޖެ އާއި އޮމާންގެ އިތުރުން، ނުވަ ގައުމަކުން ވާދަކުރެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment