Advertisement

ގުޅުން ގޯސްވެފައިވާ ކަމުގެ އަޑު ގަދަކޮށް އޮއްވައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ބައްދަލުވުމެއް

20 ފެބުރުވަރީ 2025 - 11:16 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް މުއިއްޒުއާ ބައްދަލު ކުރެއްވުމަށް އަބްދުއްރަހީމް ރައީސް އޮފީހަށް ވަދެވަޑައިގަންނަވަނީ: ރައީސް އާދި މަޖިލީހުގެ ރައީސް މި ބައްދަލުކުރެއްވީ ގިނަ ދުވަސްތަކެއް ފަހުން -- ފޮޓޯ: އިސްމާއިލް އިމްދާދު / އަދަދު


ގުޅުން ގޯސްވެފައިވާ ކަމުގެ އަޑު ގަދަކޮށް އޮއްވައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމްގެ ބައްދަލުވުމެއް

20 ފެބުރުވަރީ 2025 - 11:16 0

ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

އަބްދުއްރަހީމް ރައީސް މުއިއްޒުއާ ބައްދަލު ކުރައްވަނީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް މިއީ ދުވަސްތަކަކަށްފަހު ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ރަސްމީކޮށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

އެ ދެ ބޭފުޅުންގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް ނުތަނަސްކަމުގެ ހުޅުފަޅައިގެން ދިޔައީ ޖެނުއަރީ 28، ގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.

އެ ދުވަހު ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.

އޭގެ ފަހުން އަބްދުއްރަހީމް މިކަމާ ގުޅޭގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ. ނަމަަވެސް، ރިޔާސީ ބަޔާން އިއްވި ޖަލްސާގައި ދެ ރައީސުން އެކުގައި ފެނިގެންދިޔަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ އަދަދު އާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.

އޭގެ ފަހުން ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ލީޑަޝިޕުގެ ހަރަކާތްތަކާއި ކެމްޕޭން ހަރަކާތްތަކުންވެސް އެކަހެރި ކުރައްވާފަ އެވެ. މި މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނުގެ ކެމްޕޭނުގައި ވެސް އަބްދުއްރަހީމް ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

ނަމަވެސް ދުވަސްތަކަކަށް ފަހު މިދިޔަ އާދީއްތަ ދުވަހު އަބްދުއްރަހީމް ޕީއެންސީގެ ރަސްމީ ޖަގަހައަށް ވަޑައިގެންނެވި އެވެ. އެ ދުވަހު ސުވާލު ކުރުމުން، ވިދާޅުވީ މީޑިއާއިން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވާނެ ކަމަށެވެ.