Advertisement

މުުއިއްޒުގެ ތާއީދު އޮތް ކަމަކަށް ނުބުނަން، އެއީ ބޮޑު ދޮގެއް: ގާލިބު

about 2 hours 0


މުުއިއްޒުގެ ތާއީދު އޮތް ކަމަކަށް ނުބުނަން، އެއީ ބޮޑު ދޮގެއް: ގާލިބު

about 2 hours 0

ރައީސް މުހައްމަދު މުއިއްޒުގެ ތާއީދު އޭނާއަށް އޮތް ކަމަށް އެއްވެސް މީހެއް ކައިރީ ބުނެފައިނުވާނެ ކަމަށް ހެންވޭރު ދެކުނު ދާއިރާއަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާ، މުއިއްޒުގެ ކޮއްކޮ، އަހުމަދު ގާލިބު މިއަދު ބުނެފި އެވެ.

މުއިއްޒު ތާއީދު ކުރައްވަނީ ގާލިބަށް ކަމަށް ބައެއް މީހުން ކައިރީ އޭނާ ބުނަމުންދާކަމުގެ ހަބަރު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވީ މިއަދު އެވެ. އެކަމަކު، ސޯޝަލް މީޑިއަގައި ކުރި ޕޯސްޓެއްގައި ގާލިބު ބުނީ މުއިއްޒު އެ ހައްދަވަނީ ދޮގެއް ކަމަށެވެ.

"ތިއީ ރަމަޟާންމަހު ރޯދައަށް ހުރެ މީހަކު ހަދާނެ އެންމެ ބޮޑު ދޮގު! ﷲ ގަންދީ ހުވާކޮށްފަ މި ބުނީ އެއްވެސް ރައްޔިތެއްގެ ކައިރީގައި، 'ރައީސް އަޅުގަނޑަށް ތާއީދުކުރާ ކަމަށް' ބުނެފައެއް ނޯންނާނެ. އަދި ނުވެސް ބުނާނަން،" ގާލިބު ބުނެފައިވެ އެވެ.

އެމަނިކުފާނުގެ ތާއީދު އޮތީ ގާލިބަށް ކަމަށް އޭނާ ބުނާ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށް މުއިއްޒު ވިދާޅުވީ، އޭޕްރީލް 4، ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ނުކުންނަވައި އުޅުއްވަމުން ދެއްވި އިންޓަވިއުއެއްގަ އެވެ.

"މި ދާއިރާގައި އަޅުގަނޑަށް ހަބަރުތަކެއް ލިބެނީ، އެމްޑީޕީ އިން ނުކުމެ ހުރި ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެބޭފުޅާއަށް ކަމަށް،" މުއިއްޒު މިއަދު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވުމުން، ގާލިބު ވަނީ ވަރަށް ބޮޑަށް އެމަނިކުފާނަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ، އެއީ މުއިއްޒު "ވެއްޓެންޖެހޭ ދަރަޖައެއް ނޫން" ކަމަށެވެ.

"ގައުމެއްގެ ރައީސަކު ވެއްޓެންޖެހޭ ދަރަޖައެއް ނޫން މީކީ. އަޅުގަނޑަށް މި އިންތިހާބުގައި ކާމިޔާބު ވިޔަސް، ނުވިޔަސް އަޅުގަނޑު ހުންނާނީ ހަލާލު ފައިސާއިން ބަނޑު ފުރާނަ މުއްތިކޮށްގެން، އިންޝާﷲ،" ގާލިބު ބުނެފައިވެ އެވެ.