Advertisement

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު: ރައީސްގެ އުންމީދަކީ ގުޅުން އިތުރަށް ބަދަހިވުން

20 ފެބުރުވަރީ 2025 - 10:45 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު (ކ) ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް


ސިންގަޕޫރާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު: ރައީސްގެ އުންމީދަކީ ގުޅުން އިތުރަށް ބަދަހިވުން

20 ފެބުރުވަރީ 2025 - 10:45 0

ރާއްޖެ އާއި ސިންގަޕޫރާއި ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު މިއަދު ފުރުމުން، އެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ވަކިވަކިން ފޮނުއްވި ސިޓީއެއްގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުސަތުތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އައުކުރައްވާފަ އެވެ.

ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސް ވިދާޅުވީ ދެ ގައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ގައުމުގެ މަތީ ފަންތީގެ މުއާމަލާތްތައް އިތުރުވެފައިވުމަކީ އެކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމަށެވެ.

ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ފެބްރުއަރީ 20، 1975، ގަ އެވެ.