Advertisement

މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުވަރީ 2025 - 20:49 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި މީޑިއާ ކައުންސިލުގެ އިންތިހާބެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް


މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުވަރީ 2025 - 20:49 0

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ބުނީ ފުރުސަތު ހުޅުވާލައިފައި ވަނީ މީޑިއާތައް ތަމްސީލު ކުރާ މެންބަރެއްގެ މަގާމަށާއި އާންމު މެންބަރެެއްގެ މަގާމަށް ކަމަށެވެ.

މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު 2:00 އެވެ. މެންބަރުކަމަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމު ފުރުމަށްފަހު ފޮނުވަން ޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް [email protected] އަށެވެ.

އާންމު މެންބަރުގެ މަގާމަށް ކުރިމަތި ލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތަކަށް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
  • މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ފާއިތުވި ދެ އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމުގައިވުން
  • ފާއިތުވި އެއް އަހަރު ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން

މީޑިއާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ކައުންސިލުގެ އާންމު މެންބަރުކަމަށް މީހަކު މިނިސްޓަރު އައްޔަނު ކުރައްވާއިރު، ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއިން ނުވަތަ އިންސާނީ، ދީނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކޮށްފައިވާ މީހުންނަށާއި އިޖުތިމާއީ ތަރައްގީ އާއި ދުޅަހެޔޮކަމަށް މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ.

މީޑިއާ ކައުންސިލް މެންބަރުންގެ ދައުރަކީ ދެ އަހަރެވެ. އެ ކައުންސިލުގެ މެންބަރުކަން އެއްވެސް މީހަކަށް ވިދިވިދިގެން ދެ އަހަރު ނުކުރެވޭނެ އެވެ.