Advertisement

ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭ ބިލު ތަސްދީގުކުރައްވައިފި

19 ފެބުރުވަރީ 2025 - 18:06 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ދިނުމަކީ އެމަނިކުފާނުގެ ވައުދެއް -- ފޮޓޯ: ރައީސް އޮފީސް


ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭ ބިލު ތަސްދީގުކުރައްވައިފި

19 ފެބުރުވަރީ 2025 - 18:06 1

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލު ތަސްދީގު ކުރައްވައި މިއަދު ގެޒެޓު ކުރެއްވުމާއެކު އިސްލާހުތަކަށް ގާނޫނީ ބާރުވެރިކަން ލިބި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ލިބޭނެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު, ރޯދަ އެލަވެންސާ ޗުއްޓީތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި މަސައްކަތްތައް ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބޭނެ އެވެ.

އެ ބިލު ގާނޫނަކަށް ވުމާއެކު، މިއަދުން ފެށިގެން ކައުންސިލްތަކަށް ހިލޭ އެހީ (ލޯކަލް ކައުންސިލް ގްރާންޓު) ގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހޭނެ އެވެ.

ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

މިދިޔަ ޑިސެމްބަރު މެދުތެރޭގައި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިީ މި އަހަރުގެ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.