Advertisement

ބްލޫސް ހައުސިން ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީން އަނެއްކާ ވެސް ޕޮލްކޯއަށް ވަދެއްޖެ

19 ފެބުރުވަރީ 2025 - 17:34 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިވުމަށް ހުޅުމާލޭގައި އިމާރާތް ކުރި ހައުސިން ޔުނިޓުތައް -- ފޮޓޯ: އަދަދު ފައިލް


ބްލޫސް ހައުސިން ކޮރަޕްޝަންގެ ތަހުގީގަށް އޭސީސީން އަނެއްކާ ވެސް ޕޮލްކޯއަށް ވަދެއްޖެ

19 ފެބުރުވަރީ 2025 - 17:34 1

ފުލުހުންނަށް ހައުސިން ޔުނިޓުތަކެއް އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައިރު ހިންގި ކޮރަޕްޝަންގެ މައްސަލަައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަނެއްކާވެސް ޕޮލްކޯއަށް މިއަދު ވެދެއްޖެ އެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީގެ އޮފިޝަލުން ޕޮލްކޯގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ދެވަނަ ފަހަރަށް އެތަނަށް ވަނީ ހަމަ ކުރިން ވެސް ކުރަމުން އައި ތަހުގީގުގެ ބޭނުމަށް ކަމަށް ފުލުހުން ބުންޏެވެ.

"އަދިވެސް ހަރަކާތްތެރިވަމުން ދަނީ، އެއީ ހަމަ ކުރީގައި ވެސް ތަހުގީގު ކުރަމުންދާ މައްސަލަ އާ ގުޅިގެން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގަށް މީގެ ކުރިން، ފެބްރުއަރީ 3، ގައި ވެސް އޭސީސީން ޕޮލްކޯއަށް ވަނެވެ. އެކަމަކު އެތަނުން ގެންދިޔައީ ކޮން އެއްޗެއް ކަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ.

ޖެނުއަރީ 24، ގައި އޮޑިޓޮ އޮފީހުން އާންމު ކުރި ހާއްސަ އޮޑިޓުގައި ވާގޮތުން ބްލޫސް ހައުސިން ޔުނިޓުގެ 13 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތުގައި، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް 354 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެ މަޝްރޫއުއަށް ޖުމުލަ 1.06 ބިލިއަން ރުފިޔާ މިހައިތަނަށް ހަރަދުވެފައިވެ އެވެ.

ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ.

ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.

ޕޮލްކޯއިން ކަނޑައެޅިގެން މަސައްކަތް ކޮށްފައި ވަނީ ނޫމަޑީގެ ރިޕްރެޒެންޓޭޓިވްއަށް ފައިދާވާ ގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭނާގެ ނަމެއް އޮޑިޓް ރިޕޯޓުގައި ފާހަގައެއް ނުކުރެ އެވެ. އޭނާއަށް ދީފައިވާ ނަމަކީ "މިސްޓާ އެކްސް" އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާ ކުރަމުން ދަނިކޮށް ޕޮލްކޯގައި އިތުރު ކޮރަޕްޝަންތަކެއް ވެސް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކަމަށް ބުނެ އެ އިދާރާގައި މަސައްކަތް ކުރާ މީހަކު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.