އެސްޓީއޯއިން ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް, ލުނބޯ ބާޒާރަށް ނެރެފި

19 ފެބުރުވަރީ 2025 - 09:30 1

ލީވާން އަލީ ނާސިރު

ލ

ފިޔާ: އެސްޓީއޯއިން މި ބާވަތްތައް ގެނައީ އަގު މަތި ވެދާނެތީ -- ފޮޓޯ: އަދަދު ފައިލް


އެސްޓީއޯއިން ރޯދައަށް ގެނައި ފިޔާ، އަލުވި، ބިސް, ލުނބޯ ބާޒާރަށް ނެރެފި

19 ފެބުރުވަރީ 2025 - 09:30 1

ރޯދައަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ރާއްޖެއަށް އިމްޕޯޓްކުރާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ މިއަދު ބާޒާރަށް ނެރެފި އެވެ.

ރޯދައަށް ހާއްސަކޮށްގެން އެސްޓީއޯއިން ގެނައި ބިސް ކޭހެއް މިވަގުތު ވިއްކަން ހަމަޖެހިފައި ވަނީ 320ރ. އަށެވެ. ފިޔާ އަދި އަލުވި ބަސްތާއެއް 310ރ. އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ފަސް ކިލޯގެ ލުނބޯ ކޭހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 145ރ. އަށެވެ.

ހޯލްސޭލްކޮށް އެސްޓީއޯއިން ފިޔާ ބިސް އަދި އަލުވި ވިއްކާނީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސްއިންނެވެ. މީގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން 2ރ. އަށް ބިހެއް އަދި އަލުވި ކިލޯއެއް 18ރ. އަށް ދަނީ ވަކިން ވިއްކަމުންނެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސް އިން ފިޔާ ހޯލްސޭލްކޮށް ދަނީ ވިއްކަމުންނެވެ. އަދި ވަކިން ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ކިލޯއެއް 14ރ. އަށް ދަނީ ވިއްކަމުންނެވެ.

ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖް ޒޯންގައި ގާއިމުކޮށްފައިވާ އެސްޓީއޯ ވެއާހައުސް އިން ދަނީ ވިއްކަމުންނެވެ. އަދި ވަކިން ގަންނަން ބޭނުންވާ މީހުންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ކިލޯއެއް 40ރ. އަށް ދަނީ ވިއްކަމުންނެވެ.

"ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯގެ އަމާޒެއް. އަދި މި ތަކެތީގެ އަގު ކަނޑައަޅާފައިވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށްގެން. ބާޒާރުގެ އަގުތަކަށް އަންނަ ބަދަލާގުޅިގެން އެސްޓީއޯއިން ވިއްކާއަގަށްވެސް ބަދަލު ގެނެވޭނެ،" އެސްޓީއޯއިން ބުންޏެވެ.

ބައެއް ހާލަތްތަކުގައި ވަކި ސަރަހައްދުތަކެއްގެ ބާޒާރައް އަންނަ ބަދަލުތަކާގުޅިގެން އެސަރަހައްދެެއްގައި ވިއްކާ އަގުތަކަށް ބަދަލު ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެކަމަކު އާންމު ހާލަތުގައި އެސްޓީއޯގެ ހުރިހާ ރީޖަނަލް ސަރަހައްދަކުން ވެސް ލިބެން ހުންނާނީ އެއް އަގެއްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ރޯދައަށް ހާއްސަކޮށް އެސްޓީއޯއިން ފިޔާ، އަލުވި، ބިސް އަދި ލުނބޯ ބާޒާރަށް ނެރެނީ ރޯދަ މަހު އެ ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށެވެ. މިގޮތުން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އެސްޓީއޯއިން އެ ތަކެތި އިމްޕޯޓް ކުރެ އެވެ.

އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ އަސާސީ ކާބޯތަކެއްޗާއި ތާޒާ ތަރުކާރީ އަދި މޭވާ އާއި ޕްރޮސެސްޑް ކާނާގެ އިތުރުން ކެއްކުމަށް ބޭނުންކުރާ ތަކެއްޗެވެ.

އޭގެ ތެރޭގައި ހިމެނެނީ ފިޔާ، ބިސް އަލުވި، ކާށި އަދި ކަދުރު، ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ، ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު، ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް އަދި ބާސްމަތި ހަނޑުލެވެ.

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ދެން

about 2 months ago

ރޯދައަށް ގެނައި އެއްޗެހި މިހާރު ވިއްކާލީމާ ރޯދަ އަންނައިރު ހުސްނުވާނެ؟ ރޯދައަށް ވިއްޔާ ތަންކޮޅެއް އަވަސްދޯ އަދި ގެނެސްގެން ވިއްކަންފަށަން؟