Advertisement

ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މުވައްޒަފުން ޑީޕޯޓްކުރަނީ

19 ފެބުރުވަރީ 2025 - 14:35 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ބިދޭސީ މަސައްކަތްތެރިން: ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މުވައްޒަފުން ޑީޕޯޓްކުރަން ވަނީ ނިންމާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީ މުވައްޒަފުން ޑީޕޯޓްކުރަނީ

19 ފެބުރުވަރީ 2025 - 14:35 1

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ފިންގާޕްރިންޓް އަދި ފޮޓޯ (ބައޯމެޓްރިކްސް) އަޕްޑޭޓް ނުކުރާނަމަ ޑީޕޯޓް ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހޯމްލޭންޑުން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓް ކުރުމުގެ އެންމެ ފަހު ތާރީހަކީ އެޕްރިލް 20، ގެ ކުރިން ކަމަށެވެ.

މި ގޮތުން އެ މުއްދަތުގެ ކުރިން ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ޑިޕޯޓް ކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މާލެ ސަރައްހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ވަޒީފާއަދާ ކުރާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް މާޗު 1، ގެ ކުރިން ވަޒީފާ ދޭ ފަރާތުން ކައުންސިލްތަކާ ގުޅިގެން ކުރިއަށް ގެންދަން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކާއި، ސަފާރީތަކާއި، ދަނޑުވެރިކަން ކުރުމަށް ހާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގެ އިތުރުން އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އޭޕްރީލް 15، ގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓާ ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

ދީފައިވާ މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ އެންމެން ސިސްޓަމުން ސަސްޕެންޑުކޮށް، ހިދުމަތް މެދުކަނޑާލުމަށް ވަނީ ނިންމާފަ އެވެ.

އޮޕަރޭޝަން ކުރަނގިއާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް 7690228 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ހޯމްލޭންޑުން އެދެ އެވެ.