އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން: ކޮމިޓީ މަސައްކަތް ނިންމަން ބާކީ އަށް ދުވަސް

20 ފެބުރުވަރީ 2025 - 07:15 0

މުހައްމަދު ޝަހްޒާން

މ

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


އިޒްރޭލު ޕާސްޕޯޓު މަނާ ކުރުން: ކޮމިޓީ މަސައްކަތް ނިންމަން ބާކީ އަށް ދުވަސް

20 ފެބުރުވަރީ 2025 - 07:15 0

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާ ކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އަހަރުގެ ޖުލައި 4، ގައި ހުށަހެޅި ބިލުގެ ކޮމިޓީ މަސައްކަތްތައް ނުކޮށް އޮއްވައި އެ މަސައްކަތް ނިންމަން ކަނޑައެޅި ސުންގަޑި ހަމަވާން އަށް ދުވަހަށްވެއްޖެ އެވެ.

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގެ މަސައްކަތް ނުހިނގާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އާންމުން ނުރުހުން ފާޅު ކުރަން ފެށުމުން މި ހިނގާ ފެބްރުއަރީ މަހުގެ ނިޔަލަށް އެ ބިލުގެ ކޮމިޓީ މަސައްކަތް ނިންމަން ފާސްކުރީ މިދިޔަ ނޮވެމްބަރު 24، ގައި ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ ވަގުތުން ވަގުތަށް ވެސް ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އެއް ކުރުމަށްފަހު މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ކޮމިޓީ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

އެ ނިންމުމަށްފަހު، 241 ކޮމިޓީން ގެސްޓުހައުސް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއާ ހަމަ އެ މަސް ތެރޭގައި ބައްދަލުކުރި އެވެ. ނަމަވެސް އެއަށްފަހު އެ ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުހިނގަ އެވެ.

އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރެއް އަދަދު ނޫހަށް ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު ބިލުގެ އެއްވެސް މަސައްކަތެއް ކޮމިޓީގައި ނުހިނގާ ކަމަށާއި އެކަމާ ގުޅޭ މައުލޫމާތެއް ވެސް ނުލިބޭ ކަމަށެވެ.

"އެއްވެސް އަޕްޑޭޓެއް ނެތް، ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް ގޮތެއް ނިންމަން އޮތީ، އެކަމަކު އެކަމެއް ނު ހިނގާ، ހަބަރެއް ނެތް،" އެ މެންބަރު ވިދާޅުވި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ހުށަހަޅާފައި އޮއްވައި، އިޒްރޭލު ޕާސްޕޯޓު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމައި ޖޫން 2، ގައި ރައީސް އޮފީހުން އެކަން އިއުލާނު ވެސް ކުރި އެވެ.

އެއަށްފަހު އެ ބިލުގެ މަސައްކަތް ލަސްވާ މައްސަލައިގައި އާންމުންގެ ނުރުހުން އަމާޒުވާން ފެށުމުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީން އެ މަސައްކަތް އަވަސް ކުރުމަށް ގޮވާލައި އޮކްޓޯބަރު 16، ގައި ބަޔާނެއް ވެސް ނެރުނެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމާފައި ނުވާއިރު، މިދިޔަ އަހަރު އެކަނިވެސް އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް 1435 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.